Ekta ge Dharifulhuge Photo eh Dhahkkalaifi
image
އެކްތާ ކަޕޫރު---
1 ކޮމެންޓް
 

އެކްތާގެ ދަރިފުޅުގެ ފޮޓޯއެއް ދައްކާލައިފި

ބޮލީވުޑުގެ މަޝްހޫރު ޕްރޮޑިއުސަރ އެކްތާ ކަޕޫރުގެ ފިރިހެން ދަރިފުޅުގެ ފޮޓޯ ދައްކާލައިފިއެވެ. dhi2
މިދިޔަ އާދިއްތަ ދުވަހު އެކްތާއަށް ފިރިހެން ދިރިއަކު ލިބުނުއިރު އެކުއްޖާ އަށް އޭނާ ކިޔާފައިވަނީ ރަވީ ކަޕޫރެވެ. 'ސަރޮގެސީ' (އެހެން އަންހެނެއްގެ ރަޙިމުގެ ތެރޭގައި ދަރިއަކު ގަރުބަކުރާގޮތް) މެދުވެރިކޮށް ހޯދިއެކުއްޖާގެ ފުރަތަމަ ފޮޓޯ އެކްތާ މިހާރު ދައްކާލާފައިވާއިރު އެފޮޓޯއިން ފެނިގެންދަނީ އެކުއްޖާގެ އަތެވެ.


އުމުރުން 43 އަހަރުގެ އެކްތާ އަދި ވެސް މީހަކާ އިނދެފައެއް ނުވެއެވެ. އަދި ލޯބީގެ ގޮތުން މީހަކާ ގުޅިފައެއް ވެސް ނުވެއެވެ.

ގިނަ ބައެއްގެ ހިތުގައި އެ 'ސަރޮގެސީ' އާ ގުޅިގެން ގިނަ ސުވާލުތަކެއް އުފެދިފައިވާއިރު އެކަމާ ގުޅިގެން އަދި އެކްތާ ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ.

އެކްތާ ޕްރޮޑިއުސް ކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި 'ހާފް ގާލްފުރެންޑް'، 'މެ ތެރާ ހީރޯ'، 'އެކް ވިލަން'، 'ކިޔާ ކޫލް ހޭ ހަމް'، 'ރާގިނީ އެމްއެމްއެސް'، 'ލޫޓޭރާ'، 'އަ ފްލައިން ޖެޓް' އަދި 'އުޑްތާ ޕަންޖާބު' ހިމެނެއެވެ.

އެކްތާ ވަނީ މަޝްހޫރު އެތައް ޝޯ އަދި ފިލްމުތައް ޕްރޮޑިއުސް ކޮށްފައެވެ. އޭނާ ޕްރޮޑިއުސް ކޮށްފައިވާ ބައެއް ޝޯތަކުގެ ތެރޭގައި 'ޔޭ ހޭ މޮހައްބަތައިން'، 'ކުމް ކުމް ބާގްޔާ'، 'ނާގިން،' 'ކަސޯޓީ ޒިންދެގީ ކޭ'، 'ގަޔާމަތު ކީ ރާތު'، 'ނަޗް ބަލިއޭ' އަދި 'ބަޅޭ އައްޗޭ ލަގްތޭހޭ' ހިމެނެއެވެ.
ހިޔާލު

ސަލްވާ

ޙޭބަލިވެދާނެ މީ ދަރިފުޅުގެ ފޮޓޯއެއް ނޫނެއްނު ދަރިފު ޅުގެ އަތްތިލައިގެ ފޮޓޯއެއްނު