Mimahu Nerumah hamajehifaiva Film thah
image
މިއަހަރު ނެރޭ ބައެއް ފިލްމުތައް---
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

މިމަހު ނެރުމަށް ހަމަޖެހިފައިވާ ބޮލީވުޑު ފިލްމުތަައް

މިދިޔަ އަހަރަކީ ބޮލީވުޑަށް ވަރަށް ކާމިޔާބު އަހަރެކެވެ. ގިނަ ރީތި ފިލްމުތައް މިދިޔަ އަހަރު ނެރެފައިވާއިރު މިއަހަރުގެ ފުރަތަމަ މަހު ވެސް ވަނީ ގިނަ ރީތި ފިލްމުތަކެއް ނެރެފައެވެ. މިމަހު ބޮލީވުޑުގެ ތިން ފިލްމެއް ނެރުމަށް ހަމަޖެހިފައިވާއިރު އެފިލްމުތަކަށް ގިނަ ބަޔަކު ތިބީ އިންތިޒާރުގައެވެ.
މިމަހު ނެރުމަށް ހަމަޖެހިފައިވާ ތިން ފިލްމު:
އަމާވަސް


ނަރްގިސް ފަހްރީ އާއި ސަޗިން ޖޯޝީ ލީޑު ރޯލުން ފެނިގެންދާ އެފިލްމު ނެރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 11 ވަނަ ދުވަހުއެވެ. 'އަމާވަސް' އަކީ ބިރުވެރި ފިލްމެކެވެ. އެފިލްމުގައި ނަރްގިސް އަދި ޝަޗިންގެ އިތުރުން ވިވާން ބަތޭނާ، ނަވްނީތު ކައުރް ދިލޮން، މޯނާ ސިންގް އަދި އަލީ އަސްގަރު ވެސް ފެނިގެންދާނެއެވެ.

އެފިލްމުގެ ޓްރެއިލާ މިހާރު ނެރެފައިވާއިރު ބިރުވެރި އެތައް ކަމެއް އެޓްރެއިލާ އިން ފެނިގެންދެއެވެ.

ގަލީ ބޯއީ


ލީޑު ރޯލުން ރަންވީރު ސިންގް އާއި އާލިއާ ބަޓު ފެނިގެންދާ އެފިލްމު ނެރުމަށްހަމަޖެހިފައިވަނީ މަހު 14 ވަނަ ދުވަހުއެވެ. ފިލްމުގައި ރަންވީރު ފެނިގެންދަނީ ރެޕް ކުރަން ޝައުގުވެރިކަން ހުންނަ މީހެއްގެ ރޯލުންނެވެ. އަދި އަލިއާ ފެނިގެންދަނީ ރަންވީރާ ލޯބީގެ ގޮތުން ގުޅުގެން އުޅޭ މީހެއްގެ ރޯލުންނެވެ. ރިޕޯޓުތައް ބުނާގޮތުގައި އާލިއާ އެފިލްމުގައި އެއީ ޑޮކްޓަރުކަން ކިޔަވާ ކުއްޖެކެވެ. އޭނާ އެފިލްމުގައި އޭނާ ހުންނާނީ ބުރުގާ އަޅާފައެވެ.

އެފިލްމުގެ ޓްރެއިލާ ވެސް މިހާރު ނެރެފައިވާއިރު އެޓްރެއިލާ އަށް ވަނީ ބޮޑު ކާމިޔާބެއް ލިބިފައެވެ. ރަންވީރާއި އާލިއާގެ އިތުރުން ފިލްމުގައި ކަލްކީ ކޮއެޗްލިން ވެސް މުހިންމު ރޯލަކުން ފެނިގެންދާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޓޯޓަލް ދަމާލް


'ޓޯޓަލް ދަމާލް' ނެރުމަށް ނިންމާފައިވަނީ މިމަހު 22 ވަނަ ދުވަހުއެވެ. އެފިލްމުގައި އަޖޭ ދޭވްގަން، ރިތޭޝް ދޭޝްމުކް، އަރުޝަދް ވާސީ، މަދޫރީ ދިކްޝިތް، ޖާވިދް ޖާފަރީ އަދި އަނިލް ކަޕޫރު ގެ އިތުރުން އީޝާ ގުޕްތާ ވެސް ފެނިގެންދެއެވެ. އެފިލްމަކީ 2007 ވަނަ އަހަރު ނެރެނު ފިލްމު 'ދަމާލް'ގެ ތިންވަނަ ބައެވެ.

ޓޯޓަލް ދަމާލްގެ ޓްރެއިލާ ވެސް ވަނީ މިހާރު ޢާންމުކޮށްފައެވެ. އެޓްރެއިލާ އިން ފެނިގެންދަނީ ހަޒާނާއެއް ހޯދުމަށް ބަޔަކު ކުރާ މަސައްކަތެވެ.

މިމަހުގެ ފުރަތަމަ ދުވަހު ބޮލީވުޑުގެ ދެ ފިލްމެއް ވަނީ ނެރެފައެވެ. އެއީ 'އެކް ލަޅްކީ ކޮ ދޭކާ ތޮ އޭސާ ލަގާ' އަދި 'ދަ ފަކިރް އޮފް ވެނިސް' އެވެ.
ހިޔާލު