Eha Avahah Dharieh nuhoadhaane kamah Prince aai Yuvika Bunefi
image
ޕްރިންސް އާއި ޔުވިކާ---
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

އެހާ އަވަހަށް ދަރިއެއް ނުހޯދާނެ ކަމަށް ޕްރިންސް އާއި ޔުވިކާ ބުނެފި

އެހާ އަވަހަށް ދަރިއެއް ނުހޯދާނެ ކަމަށް އިންޑިއާގެ މަޝްހޫރު ޓީވީ ޕްރެޒެންޓަރު ޕްރިންސް ނަރޫލާ އާއި އޭނާގެ ލޯބިވެރިޔާ އަދި އެކްޓަރެސް ޔުވިކާ ޗޯދަރީ ބުނެފިއެވެ.
މިދިޔަ އަހަރު އޮކްޓޯބަރު މަހުގެ 12 ވަނަ ދުވަހު ޕްރިންސް އާއި ޔުވިކާ ކައިވެނިކޮށްފައިވާއިރު އެދެމީހުން ވަނީ ދާދި ފަހުން ޕްރޯރަފާ ޑައްބޫ ރަތުނާނީގެ 'މަންޔާވަރް ކަލަންޑަރުން' ފެނިފައެވެ. އެކަލަންޑަރު ލޯންޗުކުރުމަށް ބޭއްވި އިވެންޓު ތެރެއިން އެދެމީހުން ނާއި ވަނީ ދަރިއަކު ހޯދުމާ ގުޅޭގޮތުން ސުވާލުކޮށްފައެވެ.


އެސުވާލަށް ޖަވާބުދެމުން ދެމީހުން ބުނީ މިހާރު އެމީހުން ދަނީ އަންނަ އޮތް ޖެނަރޭޝަނަށް ފައިސާ އެއްކުރުމުގައި ބިޒީ ކަމާއެކުގައި ކަމަށެވެ. އަދި ކައިވެންޏަށް ވީ އަދި ތިން މަސް ކަމަށާއި މިވަގުތު ބޭނުން ވަނީ ދަތުރު ކޮށް، މަސައްކަތް ކޮށް އަދި މަޖާކުރަން ކަމަށް ދެމީހުން ވަނީ ބުނެފައެވެ. އަދި އެހާ އަވަހަށް ދަރިއަކު ނުހޯދާނެ ކަމަށް ވަނީ ބުނެފައެވެ.

ޕަންޖާބީ ސްޓައިލަކަށް ބޭއްވި އެދެމީހުންގެ ކައިވެނީގެ ހަފުލާގައި ބޮލީވުޑުގެ ގިނަ ތަރިންތަކެއް ވެސް ބައިވެރިވެފައިވާއިރު ގިނަ ބަޔަކު ވަނީ އެމީހުންނަށް މަރުހަބާގެ މެސެޖުތައް ފޮނުވާފައެވެ.

ކަލާސް އިން ދައްކަމުން އަންނަ މަޝްހޫރު ރިއަލިޓީ ޝޯ ބިގް ބޮސް ނުވައެއް ކާމިޔާބުކޮށްފައިވާ ޕްރިންސް އާއި ޔުވިކާ ބައްދަލުވެފައިވަނީ އެޝޯގެ ތެރެއިންނެވެ. އެޝޯއަށްފަހު ދެމީހުން ރައްޓެހިވިކަން އިއުލާން ކުރިއިރު ދާދިފަހުން އެދެމީހުން ވަނީ އެންގޭޖުވެސް ވެފައެވެ.

2015 ވަނަ އަހަރު ދެއްކި ޝޯ، ބިގް ބޮސް ނުވައެއް ޕްރިންސް ކާމިޔާބުކުރިއިރު އެއަހަރު އޭނާވަނީ އެމްޓީވީ އިން ދައްކާ މަޝްހޫރު ޝޯ ރޯޑީސް އެކްސް 2 އާއި ސްޕްލިޓްސް ވިލާ 8 ކާމިޔާބުކޮށްފައެވެ. މިހާރު އޭނާއަކީ ރޯޑީސް އެކްސްޓްރީމް ގެ ގޭންގް ލީޑަރެއްވެސް މެއެވެ.

ޔުވިކާ ވަނީ އޯމް ޝާންތި އޯމް އާއި ދާދިފަހުން ނެރުނު ފިލްމު ވީރޭ ޑީ ވެޑިންގައި ވެސް މަސައްކަތްކޮށްފައެވެ. ޓީވީ ޝޯތަކުގައި ވެސް މަސައްކަތްކޮށްފައިވާ ޔުވިކާ މިހާރު އަންނަނީ ކުމްކުމް ބާގިޔާ ގައި މަސައްކަތް ކުރަމުންނެވެ.
ހިޔާލު