America in Palestine ah dhey eheethah hurihaa eheethakeh huhtaalaifi
image
އެމެރިކާ އިން ވަނީ ފަލަސްތީނަށް ފޯރުކޮށްދޭ ހުރިހާ އެހީތަކެއް ހުއްޓާލާފައި.-- ފޮޓޯ: އޭއެފްޕީ
1 ކޮމެންޓް
 

އެމެރިކާ އިން ފަލަސްތީނަށް ދޭ ހުރިހާ އެހީތަކެއް ހުއްޓާލައިފި

އެމެރިކާ އިން ފަލަސްތީނަށް ދެމުން ދިޔަ ހުރިހާ އެހީތަކެއް ހުއްޓާލައިފި އެވެ.
މީގެ ކުރިން ވެސް އެމެރިކާ އިން ވަނީ އެކި ފަހަރު މަތިން އެގައުމުން ފަލަސްތީނަށް ދެމުން ދިޔަ އެހީތައް ހުއްޓާލާފަ އެވެ. އޭގެތެރޭގައި މާލީ އެހީތެރިކަމުގެ އިތުރުން ހިއުމަނިޓޭރިއަން މަސައްކަތްތަކަށް ދޭ އެހީތައް ވެސް ހިމެނެ އެވެ.

އެގޮތުން މި ފަހަރު ވެސް އެމެރިކާ އިން ވަނީ އެފަދަ ހުރިހާ އެހީތަކެއް ހުއްޓާލާފަ އެވެ. އަދި އޭގެ އިތުރުން ފަލަސްތީނުގެ ރެފިއުޖީ އޭޖެންސީ އަށް ދޭ އެހީތަކާއި، ފަލަސްތީނު ކުދިން އެމެރިކާގައި ކިޔަވަން ދޭ ސްކޯލާޝިޕްތައް ވެސް މި ފަހަރު ވަނީ ހުއްޓާލާފަ އެވެ.

އެމެރިކާ އިން ފަލަސްތީނަށް ދޭ އެހީތައް ހުއްޓާލުމުން އާދައިގެ މަތިން މީގެ ކުރިން ވެސް ކަން ހިނގާފައިވާ އުސޫލުން، މި ފަހަރު ވެސް އިޒްރާއީލުން ވަނީ އެކަމަށް މަރުހަބާ ކިޔާފަ އެވެ.
ހިޔާލު

ކާލި

الحمد لله އަޅަމެނަށް ރިޒުޤު ދެއްވަނީ އެމެރިކާތޯ ބަލަ ރިޒުޤު ދެއްވަނީ ހަމައެކަނި ﷲ އެކަލާގެ ރަހުމަތް ފަލަސްތީނުގެ މީހުނަށް ފުދޭ !