Lanka Airportgai Drone Aruvaigen 4 Dhivessaku Hayyarukoffi
image
1 ކޮމެންޓް
 

ލަންކާ އެއާޕޯޓްގައި ޑްރޯން އަރުވައިގެން 4 ދިވެއްސަކު ހައްޔަރުކޮށްފި

ލަންކާގެ ބަންޑާރަނައިކް އިންޓަނޭޝަނަލް އެއާޕޯޓުގެ މަނާ ސަރަހައްދެއްގައި ޑްރޯން އަރުވަނިކޮށް ދިވެހި ހަތަރު ޒުވާނަކު ހައްޔަރުކޮށްފިއެވެ. leaward
ލަންކާ ފުލުހުން ބުނީ ހައްޔަރުކޮށްފައި ވަނީ އުމުރުން 19 އަހަރާއި 23 އަހަރާއި ދެމެދުގެ ޒުވާނުން ކަމަށެވެ. 3 ފިރިހެނަކާއި އަންހެނަކު ޑްރޯން އަރުވާފައި ވަނީ އެއާޕޯޓުގެ ކޮން ސަރަހައްދެއްގައި ކަމެއް ލަންކާ ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ލަންކާގައި އެއާޕޯޓާއި އަށް ކިލޯމީޓަރު ކައިރިން ޑްރޯން އެރުވުމަކީ މަނާ ކަމެކެވެ.

ލަންކާ ފުލުހުން ބުނާ ގޮތުގައި މިއަދުގެ ވަގުތެއްގައި މި ހަތަރު މީހުން ކޯޓަށް ހާޒިރު ކުރާނެއެވެ. އެހެން ނަމަވެސް މިކަމާ ބެހޭ އެއްވެސް ތަފްސީލެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.
އެއާޕޯޓް
ހިޔާލު

އަހުމަދު

ކުރާނެ ނުކުރާނެ ކަމެއްނޭގިގެން ބައެއްޒުވާނުން ތެޅިފޮޅެނީއެވެ.