Fenvaranvadhe Molhah Lava Kiye: Ishita
image
ދިވްޔަންކާ---
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ފެންވަރަންވަދެ މޮޅަށް ލަވަ ކިޔޭ: އިޝިތާ

ސްޓާ ޕްލަސް އިން ދައްކަމުން އަންނަ މަޝްހޫރު ޝޯ 'ޔޭ ހޭ މޮހައްބަތޭ'އިން އިން އިޝިތާގެ ރޯލުން ފެނިގެންދާ ދިވްޔަންކާ ތުރިޕާތީ ފެންވަރަން ވަދެ ޝަވަރުތެރޭގައި ވަރަށް މޮޅުކޮށް ލަވަ ކިޔާ ކަމަށް އޭނާ ބުނެފިއެވެ.
ދިވްޔަންކާ މިހާރު ހުރީ ސްޓާ-ޕުލަސް އިން ދެއްކުމަށް ހަމަޖެހިފައިވާ ލަވަ ކިޔުމުގެ ރިއަލިޓީ ޝޯ 'ދަ ވޮއިސް' ހޯސްޓުކުރުމަށް ތައްޔާރަށެވެ. ދާދި ފަހުން އެޝޯ އާ ގުޅިގެން ދިން އިންޓަވިއުއެއްގައި އޭނާއަށް ވަނީ ލަވަ ކިޔުމުގެ ހުނަރާ ގުޅޭގޮތުން ސުވާލެއް އަމާޒުވެފައެވެ.

އެސުވާލަށް ޖަވާބު ދެމުން ދިވްޔަންކާ ބުނީ އޭނާއަށް މިއުޒިކް ވަރަށް ކަމުދާ ކަމަށެވެ. ނަމަވެސް އޭނާ މޮޅީ ހަމައެކަނި ޝަވަރތެރޭގައި ލަވަކިޔަން ކަމަށް ދިވްޔަންކާ ވަނީ ބުނެފައެވެ.

އިސް ޖަޖެއްގެ ގޮތުގައި އޭ އާރް ރެހެމާން އެޝޯއިން ފެނިގެންދާއިރު ދިވިޔަންކާ ބުނީ އޭނާއަކީ ކުޑައިރުންސުރެ ރެހެމާނުގެ ސަޕޯޓަރެއް ކަމަށެވެ. އަދި އިސް ޖަޖެއްގެ ގޮތުގައި ރެހެމާނު އެޝޯއަށް އަންނަ ހަބަރު ލިބުމުން ވަރަށް އުފާވި ކަމަށެވެ.

ދިވްޔަންކާ އަށް ވަނީ މުޅިން އަލަށް ނެރެން އުޅޭ ވެބް ސީރީޒެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިފައެވެ. އެގޮތުން އެވެބް ސީރީޒުގައި ދިވްޔަންކާ ފެނިގެންދާނީ ޝެފެއްގެ ގޮތުގައެވެ.
ހިޔާލު