Kurige Gopi Bahu Huri Huskoh
image
ގިއާ މަނެކް(ގޯޕީ ބަހޫ)---
0 ކޮމެންޓް
 

ކުރީގެ ގޯޕީ ބަހޫ ހުރީ ހުސްކޮށް

ސްޓާޕްލަސް އިން ދެއްކި މަޝްހޫރު ޑުރާމާ 'ސާތު ނިބާނާ ސާތިޔާ' ނުވަތަ ގޯޕީ ޑުރާމާ އިން މީގެ ކުރިން ގޯޕީގެ ރޯލުން ފެނިގެންދިޔަ ގިއާ މަނެކް ހުރީ ހުސްކޮށް ކަމަށް އޭނާ ބުނެފިއެވެ.
ދާދި ފަހުން ގިއާ، ޓީވީ އެކްޓަރ އަކްކިތު ބަޓްލާ އާ ރައްޓެހިވެގެން އުޅޭކަމަށް ވަނީ ވާހަކަތައް ފެތުރިފައެވެ. ދެމީހުން އެކުގައި ސޯޝަލް މީޑިއާގައި ގިނަ ފޮޓޯތަކެއް ހިއްސާކޮށް، އެކުގައި ގިނަ ތަންތަނުން ފެނުން އެއީ އެވާހަކަތައް ފެތުރުނު ސަބަބު ވެސް މެއެވެ.

ނަމަވެސް، ގިއާ ވަނީ އަންކިތު އާއި އޭނާ އަކީ ހަމައެކަނި ގާތް ރަހުމަތްތެރިން ކަމަށާއި ލޯބީގެ ގުޅުމެއް ނެތް ކަމަށް ބުނެފައެވެ. އަދި އޭނާ ހުރީ ހުސްކޮށް ކަމަށާއި މީހަކާ ލޯބީގެ ގޮތުން ގުޅިގެން ނޫޅޭތާ މިހާރު ފަސް އަހަރު ވެފައިވާ ކަމަށެވެ.

ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ގިއާ އަކީ ތަށިދޮންނަ ފަދައިން ލެޕްޓޮޕް ދޮވެގެން މީހުންގެ މަގުބޫލު ކަމެއް ހޯދާފައިވާ ފަންނާނެކެވެ.32 އަހަރުގެ ގިއާ ވަނީ 2010 ވަނަ އަހަރު ހިންދީ ކޮމިޑީ ފިލްމު 'ނާ ގަރް ކެ ނާ ގާޓް ކޭ' އިން ފެނިފައެވެ. އަދި އޭނާ ވަނީ ސަޕްޓީވީ އިން ދެއްކި 'ޖެނީ އޮރް ޖީޖޫ' ގައި ވެސް މަސައްކަތް ކޮށްފައެވެ.
ހިޔާލު