Raees Maumoon Ge Thaaeedhaaeku Majileehuge 32 Dhaairaa Akah Candidate In Vaadha Kurahvanee
image
ރައީސް މައުމޫނު-- ފޮޓޯ: ވީނިއުސް
1 ކޮމެންޓް
 

ރައީސް މައުމޫނުގެ ތައީދާއެކު 32 ދާއިރާއަށް ވާދަކުރަނީ

ކުރިއަށް އޮތް މަޖިލީސް އިންތިހާބުގައި ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ ތާއީދާއެކު 32 ދާއިރާއަށްވުރެ ގިނަ ކެންޑިޑޭޓުން ވާދަކުރައްވާނެ ކަމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަ އަބްދުލް އަލީމް ވިދާޅުވެއްޖެ އެވެ. dhi2
ކުރިން ޕީޕީއެމްގެ ސެކްރެޓަރީ ޖެނަރަލްކަން ވެސް ކުރައްވާފައިވާ އަލީމް ރާއްޖެ ޓީވީގެ 'ފަލަ ސުރުހީ' ޕްރޮގްރާމުގައި ރޭ ވާހަކަ ދައްކަވަމުން ވިދާޅުވީ، ރައީސް މައުމޫނުގެ ތާއީދާއެކު މަޖިލީސް އިންތިހާބުގައި ވާދަކުރައްވަން 108 ބޭފުޅަކު ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ކަމަށެވެ. އަދި މިހާރު އެ ހުރިހާ ފަރާތްތަކަކާއި އިންޓަވިއުކޮށް ނިމިފައިވާކަން ފާހަގަކުރައްވާ އަލީމް ވިދާޅުވީ، 32 ދާއިރާ އަށްވުރެ ގިނަ ދާއިރާއަށް ބޭފުޅުން ވާދަކުރަން ފައިނަލުކޮށް އެ ފަރާތްތަކަށް އެކަން އަންގާފައިވާ ކަމަށެވެ.

އަލީމް އިތުރަށް ވިދާޅުވީ، ރައީސް މައުމޫނުގެ ތާއިދާއެކު މަޖިލީހަށް ވާދަކުރައްވާނެ ސީދާ އަދަދު ހާމަކުރެވޭނީ މިއަދު ކަމަށެވެ. އެކަމަކު، ވާދަކުރައްވާނީ ކޮން ބައެއްކަން އަދި ހާމައެއް ނުކުރެއެވެ.

އޭގެ އިތުރުން އަލީމް ވިދާޅުވީ، ކެންޑިޑޭންޓުންނަށް ޓިކެޓު ދިނުމުގައި ބަލާފައި ވާނީ ތައުލީމީ ފެންވަރަށާއި އަމަލީ ތަޖުރިބާގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ގެނައުމަށްޓަކައި މަސައްކަތްކޮށްފައިވާ މިންވަރަށް ކަމަށެވެ.

އަލީމް ވިދާޅުވީ، ޓިކެޓު ދޭނެ ފަރާތްތައް ކަނޑައަޅާފައި ވަނީ ކުރިމަތިލާ ދާއިރާތަކުގެ ރައްޔިތުންނާއި ވެސް މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ.

ރައީސް މައުމޫނުގެ ތާއީދާއެކު މަޖިލީހަށް ކުރިމަތިލުމަށް ފަސް އަންހެން ބޭފުޅަކު ވެސް ކުރިމަތިލާފައިވާކަން ފާހަގަކުރައްވާ އަލީމް ވިދާޅުވީ، ޓިކެޓު ދިނުމުގައި އަންހެން ބޭފުޅުންނަށް ހާއްސަ އިސްކަމެއް ދޭނެ ކަމަށެވެ.

މިދިޔަ ބުރާސްފަތި ދުވަހު ރައީސް މައުމޫނު ވަނީ އެމްއާރުއެމްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަވަން ނިންމަވާފައިވާކަން އިއުލާނުކުރައްވާފައެވެ. އަދި އެ ޕާޓީ އުފެއްދުމަށް ވަރަށް އަވަހަށް އިލެކްޝަން ކޮމިޝަނަށް ހުށަހަޅުއްވާނެ ކަމަށް އަލީމް ވިދާޅުވި އެވެ.

''އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެންމެ ލަސްވެގެން ހޯމަ ދުވަހު އިލެކްޝަން ކޮމިޝަންއަށް ޕާޓީއެއް ހެދުމުގެ ހުއްދައަށް އެދި ފޯމް ހުށައަޅާނަން. ފޯމް ހުށައެޅުމަށް ފަހު އީސީން ހުއްދަ ދޭ ދުވަހުން ފެށިގެން އަޅުގަނޑުމެން ޕާޓީ އަށް މެމްބަރުން ވެއްދުމަށްޓަކައި ފޯމް ފުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ... އަޅުގަނޑަށް ގަބޫލް ކުރެވެނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭން އާއި އެއްކޮށް އަޅުގަނޑުމެންގެ ޕާޓީއަށް މެމްބަރުން އިތުރު ކުރުމުގެ މަސައްކަތް ވެސް ކުރިއަށް ދާނެ،'' ފަލަ ސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އަލީމް ވިދާޅުވި އެވެ.

އެމްއާރުއެމްގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފައްދަވަން ރައީސް މައުމޫނު ނިންމަވާފައި މިވަނީ އެމަނިކުފާނު ޕީޕީއެމްގެ ރައީސްއަކަށް ހުންނަވަނިކޮށް، ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިގެން އެ މަނިކުފާނު މަގާމުން ވަކިކޮށް، ޕާޓީގެ ރައީސްގެ މަގާމު އަބްދުﷲ ޔާމީން ނެންގެވުމާއި ގުޅިގެންނެވެ. ޕީޕީއެމް އުފައްދަވާފައި ވަނީ ރައީސް މައުމޫނު އިސްކޮށް ހުންނަވައިގެންނެވެ.
ހިޔާލު

ސައީދުތުރީ

އަދިވެސް އެބަލަނީ ދިވެހިން މިތިބީ އެބޭފުޅާގެ އަށްދަށުގަކަމަށް 1978ވަނައަހަރު ރައީސް ނާސިރު ވެރިކަމުން ފައިބާ ވަޑައިގަތްއިރު އޮތް އެމްއެސްއެލްކިޔާ ކުންފުންޏެއް 98 އާގުބޯޓާއެކުކޮބާތޯ އެބޯޓްތަށް އެއީ މިރާށްޖޭގެ ރަށްޔަތުންގެ މުދާ ވީތަނެއް އެނގޭމިހަކު މިގައުމުގައި ހުރިތޯ ވޯޓްގެ ވާހަކަދަށްކަވާއީރު ގަލްފުކުރާފްޓެއް ދުއްވަން ފަށްޓާމީހާވެސް 2 އަހަރުން އިތުރު އެހެން ލޯންޗެއް އިތުރުވޭ އެކަމަކު 30 އަހަރު ވީއިރު ގައިމު އަހަރަކު ބޯޓެއް އިތުރުކުރެވުނީސް ދުނިޔޭގައިނަން ހިގާ ޝިޕިންގްލައިނެއް ވީނުވީއެއް ނޭނގި ހުދުކާފޫރްއަށްވީ މިކަހަލަމަޅިޖަހަން ވެގެން މެޖޯރިޓީގެ ވާހަކަ މިދަށްކަނީ ގާނޫނެއް ނެތިގެންނެއްނޫން ކަންކަން ރަށްޔަތުންނަށް ނުކޮށްދެނީ ބޭނުންވަނީ އަޅުވެތިކުރަން ވޯޓްދުވަސް ވަރަށް ކޮށްދޭނެ ކަން ކަންކިޔާނެ ހަމަވޯޓް ނިމުނީ ގުޑްބައި ދެން ނުވެސް ފެންނާނެ