Neha ge Aa Video Lava in Kureege Loabiveriyaa Himansh ah Message eh
image
ނެހާ އާއި ހިމާންޝް---
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ނެހާގެ އާ ލަވައިން ކުރީގެ ލޯބިވެރިޔާއަށް މެސެޖެއް

ބޮލީވުޑުގެ ކާމިޔާބު ލަވަ ކިޔުންތެރިޔާ ނެހާ ކައްކަރުގެ އާ ވީޑިއޯ ލަވައިން އޭނާގެ ކުރީގެ ލޯބިވެރިޔާ ހިމާންޝް ކޯލީއަށް މެސެޖެއް ރައްދުކޮށްދިފިއެވެ.
ނެހާ ވަނީ ދާދި ފަހުން މިދިޔަ އަހަރު ގަޖެންދަރު ވަރްމާ ކިޔާފައިވާ ލަވަ، އަމިއްލަ ވާޝަނަށް ބަދަލުކޮށް ކުރު ވީޑިއޯ ލަވަ އެއް ހަދާފައެވެ. އަސަރު ގަދަ އެލަވައިގައި ނެހާގެ މޫނުމަތިން ހިތްދަތިކަން ފެނިގެންދާއިރު ގިނަ ބަޔަކު ވަނީ އެއީ ހިމާންޝް އަށް ނެހާ ކިޔައިދިން ލަވައެއް ކަމަށް ބުނެފައެވެ.

ނެހާގެ އަސަރުގަދަ އަޑުން ކިޔާފައިވާ އެލަވަ އަކީ ކުރީގެ ލޯބިވެރިއަކަށް ކިޔާދޭނެ ކަހަލަ ލަވައެކެވެ. ނަމަވެސް އެލަވައާއި ގުޅިގެން ނެހާ އަދި ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ.


އުމުރުން 30 އަހަރުގެ ނެހާ އާއި 29 އަހަރުގެ ހިމާންޝް ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން ދެމީހުން އެއްބަސްވެފައި ވަނީ މަޝްހޫރު ރިއަލިޓީ ޝޯ 'އިންޑިއަން އައިޑަލް'، ސީޒަން 10ގެ ތެރެއިންނެވެ. ގިނަ ބަޔަކަށް އެ ދެމީހުންގެ ޖޯޑު ކަމުގޮސްފައިވާއިރު ދެމީހުން ވެސް ވަނީ ސޯޝަލް މީޑިއާގައި ލޯބީގެ ޕޯސްޓުތައް ކޮށްފައެވެ.

އޭގެ އިތުރުން ނެހާ ވަނީ އައިޑަލްގެ ތެރެއިން ހިމާންޝް އާ ކައިވެނިކުރަން އުޅޭކަމުގެ އިޝާރާތެއް ވެސް ކޮށްފައެވެ. ނަމަވެސް ގިނަ ބަޔަކަށް ހައިރާން ކަމެއް ގެނެސްދިނީ ނެހާ އާއި ހިމާންޝް ވެސް އެކަކު އަނެކަކު އިންސްޓާގުރާމް އެކައުންޓު އަންފޮލޯ ކުރުމުންނެވެ. އަދި ދެމީހުން އެކުގައި ނަގާފައި ހުރި ވީޑިއޯ ތަކާއި ޕޮޓޯތައް ނެހާ އިންސްޓާގުރާމް އެކައުންޓުން ނަގާފައި ހުރުމުންނެވެ.

އެދެމީހުން ރުޅިވި ހަބަރު ފެތުރިފައި ވަނިކޮށް އިންސްޓަގްރާމް އެކައުންޓު މެދުވެރިކޮށް އަސަރު ގަދަ މެސެޖުތަކެއް ނެހާ ވަނީ ހިއްސާ ކޮށްފަ އެވެ. އެއަސަރު ގަދަ މެސެޖުތަކާއެކު ގިނަ ބައެއްގެ ހިތުގައި ދެމީހުންގެ ގުޅުމާއިމެދު ސުވާލު އުފެދިފައިވާއިރު ނެހާ ވަނީ ފަހުން ހިމާންސް ކިޔާ މީހަކު ނުދައްނަ ކަމަށް ބުނެފައެވެ.
ހިޔާލު