Anhenunnah ihuthiraamukoh, furusathudhey veriaku libumakee naseebeh: Mariyaa
image
ރާއްޖޭގެ ފުރަތަމަ އަންހެން ޑިފެންސް މިނިސްޓަރު މާރިޔާ ސިފައިންގެ ޖަލްސާއެއްގައި.-- ފޮޓޯ: އެމްއެންޑީއެފް
1 ކޮމެންޓް
 

އަންހެނުންނަށް އިޙްތިރާމުކޮށް، ފުރުސަތުދޭ ވެރިއަކު ލިބުމަކީ ނަސީބެއް: މާރިޔާ

އަންހެނުންނަށް އިޙްތިރާމުކޮށް، ފުރުސަތުތައް ދޭ ވެރިއަކު ދިވެހިންނަށް ލިބުމަކީ ނަސީބެއް ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ވިދާޅުވެއްޖެ އެވެ.
މާރިޔާ އަކީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ސިފައިންގެ ލޯބި ހޯދާ، މުޅި ގައުމު ސިއްސުވާލި ހިންގުންތެރި ޑިފެންސް މިނިސްޓަރެއް ކަމަށް ބުނެ މީހަކު ކުރި ޓްވީޓަކަށް ރިޕްލައި ކުރައްވާ މާރިޔާ ވިދާޅުވީ ރައީސް އިބްރާހިމް ސޯލުހުގެ ވެރިކަމަކީ ދިވެހިންނަށް ލިބުނު ނަސީބެއް ކަމަށެވެ.

އިތުރަށް މާރިޔާ ވިދާޅުވީ ރައީސް ސޯލިހު އަކީ އަންހެނުންނަށް އިޙްތިރާމްކޮށް، ފުރުސަތުތައްދީ މިނިސްޓަރު ކަމުގެ މަސައްކަތްތަށް ކުރަން އެހީތެރިކަމާއި އެއްބާރުލުން ދެއްވާ ވެރިއެއް ކަމަށެވެ.

ރާއްޖޭގެ އެންމެ ފުރަތަމަ އަންހެން ޑިފެންސް މިނިސްޓަރުގެ ގޮތުގައި ތާރީހުގެ ތެރެއަށް ވަދެގެން ގޮސްފައިވާ މާރިޔާގެ އިތުރުން ރައީސް ސޯލިހުގެ 20 ވަޒީރުންގެ ތެރެއިން ހަ ވަޒީރުންނަކީ ކަނބަލުންނެވެ. އެއީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ، ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ، ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން، ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު އަދި ހައުސިން މިނިސްޓަރު އައިމިނަތު އާތިފާ އެވެ.
ހިޔާލު

ހަބަރުދާރު

މިނިސްޓަރު ދެފަރާތުން 2 މީހުން ސިފައިންގެ ވަޒީފާއިން ވަކި ކުރުމަށް ގޮވާލަން.