Anhenun ge Gothugai Beynunvanee kareena: Sidharth
image
ސިދާތު އާއި ކަރީނާ---
2 ކޮމެންޓް
 

އަނބިމީހާގެ ގޮތުގައި ބޭނުންވަނީ ކަރީނާ: ސިދާތު

އަނބިމީހާގެ ގޮތުގައި ބޭނުންވަނީ ކަރީނާ ކަޕޫރު ހާން ކަމަށް ސިދާތު މަލްހޯތުރާ ބުނެފިއެވެ. leaward
މަޝްހޫރު ޕްރޮޑިއުސަރު ކަރަން ޖޯހަރު ހުށަހަޅާ ޝޯ 'ކޮފީ ވިތު ކަރަން'ގައި އަދިއްތިޔާ ރޯއީ އާއެކު ދާދިފަހުން ބައިވެރިވި ސިދާތު އަށް ވަނީ ކައިވެނިކޮށްގެން އަނބިމީހާގެ ގޮތުގައި ބޭނުން ވަނީ ކާކުތޯ ސުވާލުކޮށްފައެވެ.

އެސުވާލަށް ޖަވާބުދެމުން ސިދާތު ވަނީ އެއްވެސް މަޑުޖެހުމެއް ނެތި ކަރީނާގެ ނަން ބުނެފައެވެ. އެސުވާލުގެ ޖަވާބުން ކަރަން ހައިރާންވި އިރު ސިދާތު ވަނީ ބޭބެއްގެ ގޮތުގައި ބޭނުންވަނީ ސައިފް އަލީ ޚާން ކަމަށް ވެސް ބުނެފައެވެ.

ގިނަ ބައެކަށް ހައިރާން ކަމެއް ގެނެސްދިން އެ ޖަވާބުތަކާ ގުޅިގެން ކަރީނާ އަދި ސައިފު ވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. ކަރީނާ އާއި ސިދާތު ވަނީ މީގެ ކުރިން 'މޭރާ ނާމް މޭރީ ހޭ' ލަވައިން އެކުގައި ފެނިފައެވެ.

34 އަހަރުގެ ސިދާތު ބޮލީވުޑަށް ތައާރަފުވެފައިވަނީ 'ސްޓޫޑަންޓް އޮފް ދަ އިއަރ' އިންނެވެ. އެފިލްމަށް ބޮޑު ކާމިޔާބެއް ލިބުނުއިރު އޭނާ ވަނީ މިހާތަނަށް ނުވަ ފިލްމެއްގައި މަސައްކަތް ކޮށްފައެވެ.

ސިދާތު ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި ހަސީ ތޯ ޕަސީ، އެކް ވިލަން، ބްރަދާސް، ކަޕޫރް އެންޑް ސަންސް، ބާރް ބާރް ދޭކޯ،އަ ޖެންޓަލްމެން، އިއްތިފާގް އަދި އަތްޔާރީ ހިމެނެއެވެ. އޭނާ ދެން ފެނިގެންދާނީ 'ޖަބަރިޔާ ޖޯޑީ' އިންނެވެ. އޭގެ އިތުރުން އަރްޖާންވާ ކިޔާ ފިލްމަކުން ވެސް ސިދާތު ފެނިގެންދާނެއެވެ.
ހިޔާލު

ުމުދިބެ

ސައިފު ވަރިހަމަދޯ ދަރިއަކާ އެއްވަރުގެ މީހަކާ އިނދެގެން އުޅުނަސް

ކަޕޫރު

އޭ ސިދާތޫ. ބަސްއަހައިގެން އުޅެބަލަ. އަމަޔާ އެއްވަރު މީހަކާ އަޅަައިގެން އުޅެނިކޮށް ސައިފު ކަލޭ ސާފުކޮށްލަފާނެ