Amir Mansoor athun Westpark Athulanee
image
1 ކޮމެންޓް
 

އާމިރު މަންސޫރު އަތުން ވެސްޓްޕާކް ނަގަނީ

ވެސްޓްޕާކް ތަރައްގީ ކުރުމަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވާތީ، އެތަން ކުއްޔަށް ހިފާފައިވާ އާމިރު މަންސޫރުގެ އަތުން އެތަން ނެގުމަށް ޕްލޭނިން މިނިސްޓްރީން ގާނޫނީ ލަފައަކަށް އެދިއްޖެއެވެ.
ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ އާމިރު މަންސޫރުވެފައިވާ އެއްބަސްވުމާއި އެއްގޮތަށް، ވެސްޓްޕާކް ސަރަހައްދު ތަރައްގީ ކުރަމުން ނުދާތީ އެތަން އަތުލުމަށް ގާނޫނީ ލަފައަކަށް އެދިފައިވާ ކަމަށެވެ.

"އެއްބަސްވުމާއި އެއްގޮތަށް ތަން ތަރައްގީ ކުރުމަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވާތީ، އެތަން އަނބުރާ ނެގުމަށް އެޓާނީ ޖެނެރަލްގެ ލަފައަކަށް އަޅުގަނޑުމެން ވާނީ އެދިފައި،" އަކްރަމް ވިދާޅުވިއެވެ.

ވެސްޓްޕާކް ސަރަހައްދު 50 އަހަރަށް ކުއްޔަށް ދިނުމަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިއުލާން ކޮށްފައި ވަނީ މިދިޔަ އަހަރު ޖެނުއަރީ މަހުގެ ތެރޭގައެވެ. 'އިކުއިޒިޝަން ކޮސްޓް'އަކަށް 1.4 މިލިއަން ރުފިޔާއަށް އެތަން ޓޫރިޒަމްގެ ބޭނުންކުރުމަށް އޭރު ކުއްޔަށް ދިނީ އާމިރު މަންސޫރަށެވެ.

އެތަން ކުއްޔަށް ދިން ނަމަވެސް، އެތަން ބޭނުން ކުރަމުންދިޔައީ ރައީސް ޔާމީންގެ ކެމްޕޭން ހަރުގެއެއްގެ ގޮތުގައެވެ.

ވެސްޓްޕާކް އާމިރު މަންސޫރަށް ކުއްޔަށްދީފައިވާއިރު، އެތަން ސާފުނުކޮށް އޮވެގެން ކުނި ގިނަވެގެން ސިޓީ ކައުންސިލުން އެތަން ވަނީ ސާފުކޮށްފައެވެ.

ވެސްޓްޕާކަކީ ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ޖާބިރުގެ ޔޮޓް ޓްއާސްއިން ހިންގަމުންދިޔަ ރެސްޓޯރެންޓެކެވެ. އެހެން ނަމަވެސް ކުއްޔަށްދީފައިވާ މުއްދަތު އިތުރުކޮށްދީފައި ނުވަނީ އޭރު ރައީސް ޔާމީނާއި ޖާބިރާއި ދެމެދު އުފެދުނު މައްސަލައަކާއި ގުޅިގެނެވެ.
ހިޔާލު

ޭްއައިޝާ

ދެން ތިޔަތަން އަތުލާފަ އަކްރަމަށް ދިނީމަ ހުންބާނީ އެންނެ ރަގަޅަށް