MDP Candidatunge Formthah Mihafthaa Fahukolhu Election ah
image
ރައީސް ސޯލިހާއެކު އެމްޑީޕީ ކެންޑިޑޭޓުން...
1 ކޮމެންޓް
 

އެމްޑީޕީ ކެންޑިޑޭޓުންގެ ފޯމްތައް މިހަފްތާގައި އިލެކްޝަނަށް

އެމްޑީޕީން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބަށް ވާދަކުރައްވާ 86 ކެންޑިޑޭޓުންގެ ފޯމްތައް މި ހަފްތާގެ ފަހުކޮޅު އިލެކްޝަނަށް ފޮނުވާނެ ކަމަށް އެޕާޓީން ބުނެފިއެވެ.
އެމްޑީޕީ އެޖެންޑާ 19 ކެމްޕޭން ތަރުޖަމާނު އަދި ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަފްޝަން ލަތީފު ވިދާލުވީ އެޕާޓީގެ ހުރިހާ ކެންޑިޑޭޓުންގެ ފޯމްތައް އިލެކްޝަނަށް ހުށަހެޅުމަށް ތައްޔާރު ކުރަމުންދާ ކަމަށާއި، މި ހަފްތާގެ ފަހުކޮޅު އެ ފޯމްތައް އިލެކްޝަނަށް ހުށަހަޅުއްވާނެ ކަމަށެވެ.

އެމްޑިޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ލިބިފައިވާ މުއްދަތުގައި ލިސްޓްތައް ބަލައި، ބަދަލު ގެންނަން ޖެހޭ ނަމަ އަވަހަށް ޝަކުވާ ހުށަހެޅުމަށް އެދިފައެވެ.

އެމްޑީޕީން ވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ތައްޔާރުވުމަށް ޕްރައިމަރީވެސް ބާއްވާފައެވެ. އެޕާޓީގެ ޕްރައިމަރީގައި 270 ކެންޑިޑޭޓުން ވަނީ ބައިވެރިވެފައެވެ. އޭގެ ތެރެއިން ބައެއް ނުފޫޒުގަދަ ބޭފުޅުން ވަނީ އެއިންތިހާބުގައި ނާކާމިޔާބުވެފައެވެ.
ހިޔާލު

ރަމޯ

ސަޅި