Dhalhukaanage Viha ah Samaaluvey!
image
އެޑަމް
1 ކޮމެންޓް
 

ދަޅުކާނާގެ ވިހައަށް ސަމާލުވޭ!

ދިރިއުޅުމުގެ ބައެއްކަންކަމީ، ޒަމާނާއެކު އައިސްފައިވާ ބަދަލުތަކުން، ވަކި ޤައުމެއް، ގިންތިއެއް ނެތި އެންމެނާއި ކުރިމަތިވާކަމެކެވެ. އެގޮތުން، މަހުޖަނުންގެ ގޭގެއަށް އަގުބޮޑުކޮށް ކެއުމަށް ގަނެގެންނާއި އަދި ރެފިއުޖީންނަށް ހިލޭ ބަހާ ދަޅުކާނާ ކާންޖެހިފައިވުމަކީ މިޒަމާނުގައި 'ޒަރޫރީ'ކަމެކެވެ. އެކަމަކު، ގިނަ ބަޔަކަށް އެދަޅުތަކުގައިވާ ނުރައްކާތެރި ވިހަގަދަ މާއްދާ 'ބައިސްފަނޯލް-އޭ'ގެ މަޢުލޫމާތެއް ނޭނގެއެވެ. muni
އިނގިރޭސިބަހުން ކިޔާ 'ޓިން-ކޭން' (ޓިނު-ދަޅު)އަކީ ދަގަނޑު ނުވަތަ އެނޫންވެސް މަޢުދަނަކުން އުފައްދައި އެމަޢުދަނުގައި ދަގުއި/ދަބަރުޖެހުމާއި ('ކޮރޯޑު'ވު'މާއި) އަދި ބަންދުކުރެވޭ ކާނާގައިވާ ހުތުގެ ('އެސިޑް'ގެ) ސަބަބުން މަޢުދަން-ވިރުން ('ރިއެކްޓް'ވުން) މަނާކުރުމަށް އެޓިނުތައް ރެސިން ކޯޓަކުން ލާކޮށްގެން ހަދާފައިވާ ދަޅުތަކެވެ. މި ރެސިންއަކީ ފައިބަރުގެ މަސައްކަތުގައިވެސް ބޭނުންކުރާ ބާވަތެއްކަމުގައިވާ ވަކި ބާވަތެއްގެ 'ޕްލާސްޓި'ކެކެވެ.

ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގެ ސިއްޙަތާއިބެހޭ މަޙުކަމާތަކުން ދަޅުކާނާއިން އިންސާނުންނަށް ނުރައްކަލެއް ނެތްކަމަށާއި އޭގައިވާ ކާނާއަކީ އިންސާނުން ކެއުމަށް ރައްކާތެރި ތަކެތިކަމަށް ބުނެއެވެ. ނަމަވެސް، ކާނާ އަޅައި ބަންދުކުރެވިފައިވާ ދަޅެއްގައި ބަނޑި ނުވަތަ ކޫރުން ލައިފިނަމަ؛ މާހިރުން ރައްކައުތެރިކަމަށް ވިދާޅުވާ ދަޅުތައް ވިހައަކަށް ބަދަލުވުމުގެ ފުރުސަތު ނުހަނު ބޮޑެވެ.

ދަޅު ބަނޑިވެއްޖެނަމަ، ޓިނުގައިވާ ތުނި ރެސިންގ ފަށަލަ ފުނޑުފުނޑުވެ ލޮލަށް ނުފެންނަހާ ކުދި ކުނޑިތައް ދަޅުތެރޭގައިވާ ކާނާއާއި އެކުވުމުން ދަޅުތެރެއަށް ވިހަ އެއްކޮށްލެވުނީއެވެ. ނުވަތަ ދަޅުގެ ބޭރުގައިވާ ކޫރުމެއްގެ ނުވަތަ ބަޑިޔެއްގެ ސަބަބުން ދަބަރު ހިލިގެން ދަޅުގައި ލޮލަށް ނުފެންނަވަރުގެ ލޯވަޅެއް އެޅި ވައިވަނުމާއެކު ދަޅުގެ ތެރޭގައިވާ ކާނާ ކުނިކޮށްލުމަށް ވަޔާއެކު އެތެރެވި ޖަރާސީމުތައް މަސައްކަތްފަށައިފިނަމަވެސް ދަޅުތަކުގެ ތެރޭގައިވާ ކާނާ 'ކޮންޓޭމިނޭޓް' (ވިހަ) ވާނެއެވެ.

ރާއްޖޭގެ ގުދަންތަކުގައި ދަޅުކާނާ ކޭސްތައް އުފުލައި ގެންގުޅުމު ('ހޭންޑްލިންގ')ގައި އެތަކެތި އުކައި އުޅޭތަން ފެންނަނީ ޢާންމުކޮށެވެ. ފަރުވާތެރިކަމާއި ރައްކައުތެރިކަމަކީ ދިވެހި މުޖުތަމަޢުގައި އެހާ އަހަންމިއްޔަތުކަން ނުދޭކަންކަމެވެ. މިޙަޤީޤަތް ދިވެހިންނަށް އޮޅިފަ ނުވާއިރު، ކެންސަރުފަދަ ބަލިތައް ރާއްޖޭގައި އިންތިހާއަށް އުޅޭ ސަބަބާއި ދަޅުކާނާއާއި ގުޅުމެއް ވާނެތޯ ސުވާލު އުފައްދަންޖޭ މިންވަރަށް ރާއްޖޭގައި ކެންސަރު ބަލި ގިނަކަމީވެސް މިފަހަކަށްއައިސް އަޑުއިވޭ ޙަޤީޤަތެކެވެ.
ހިޔާލު

ޢަލީ،

ވަރައް ބަރާބަރު ލިޔުން ކޮޅެއް،