Telugުެ actor Ram Charan aa Geah ganefi
image
ރާމް ޗަރަން---
ފައުޒާ މުހައްމަދު
2 ކޮމެންޓް
 

ތެލުގޫ އެކްޓަރ ރާމް ޗަރަން އާ ގެއެއް ގަނެފި

ތެލުގޫގެ ކާމިޔާބު އެކްޓަރ ރާމް ޗަރަން އާ ގެއެއް ގަނެފިއެވެ.
ހައިދަރއާބާދުގެ ޖުބިލީ ހިލްސްގެ ސަރަހައްދުން ރާމް އާގެއެއް ގަނެފައިވާއިރު އެއީ 38 ކްރޯޑު އިންޑިއާ ރުޕީސްގެ އަގުހުރި ގެއެއް ކަމަށް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް އެގެ ގަތީ ކޮން އިރަކު ކަމެއް އެނގިފައެއް ނުވެއެވެ.

ގިނަ ފިލްމުތަކެއް ކުޅެފައިވާ ރާމް އަކީ ތެލުގޫ އިންޓަސްޓްރީ ގައި އެންމެ ގިނައިން އާމްދަނީ ލިބޭ އެކްޓަރޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. އޭނާ އަށް އެލިބޭ އާމްދަނީ އަކީ ހަމައެކަނި ފިލްމު ކުޅެގެން ލިބޭ އާމްދަނީ އެއް ނޫނެވެ.

ރާމް އަކީ ގިނަ ބްރޭންޑު ތަކުގެ އެންޑޯޒްމެންޓްތައް އަދި އަމިއްލަ ވިޔަފާރީގެ އިންވެސްޓްކޮށްއުޅޭ ފަންނާނެކެވެ. އަދި 'ކޮނިޑެލާ ޕްރޮޑަކްޝަން ކޮމްޕެނީ'ގެ ނަމުގައި އަމިއްލަ ޕްރޮޑަކްޝަން ހައުސް އެއް ވެސް ރާމްގެ ހުރެއެވެ.

ރާމް ކުޅެފައިވާ ބައެއް ފިލްމުތަކުގެ ތެރޭގައި ދްރުވާ، އޮރެންޖް، ޔުވަޑު، މަގަދީރާ، ނާޔަކް، ރަޗާ، ޒަންޖީރް އަދި ރަންގަސްތަލަމް ހިމެނެއެވެ.

33 އަހަރުގެ ރާމް ކައިވެނިކޮށްފައިވަނީ 2012ވަނަ އަހަރު ފިލްމު އިންޑަސްޓްރީއަށް ނިސްބަތް ނުވާ އުޕަސަނާ ކަމިނެނީ އާއެވެ. އެދެމީހުންގެ ދަރިއަކު އަދި ނުހުރެއެވެ.
ހިޔާލު

އަލީ

ތެލުގޫ އަކީ އިންޑީއާގެ ސަދަން ސްޓޭޓްސް ތަކުގައި ތަމަޅަ ބަސް ފަދައިން ގިނައަދަދެއްގެ މީހުން ވާހަކަ ދަައްކާ އުޅޭ ބަހެއް. މިހާރު ވާނުވާ އެނގިއްޖެ.

އަންތަރީސް9

ލިޔާނެ އިތުރު އެއްޗެއް ނެތީތަ؟