ހަބަރު
ފޭޑި
ރިޕޯޓް
ހިޔާލު
ވިޔަފާރި
ދުނިޔެ
ކުޅިވަރު
މުނިފޫހިފިލުވުން
ފޭޑި
/
އެހެނިހެން
ދުނިޔޭގައި ހުރިި އެންމެ ދިގު ކަޕްކޭކް ޓަވާ---
ފައުޒާ މުހައްމަދު
4 ފެބްރުއަރީ 2019
0 ކޮމެންޓް
Tweet
ދުނިޔޭގައި ހެދި އެންމެ ދިގު ކަޕްކޭކް ޓަވަރު
ކަޕްކޭކް ޓަވަރެއް ހަދައި ދުނިޔޭގެ އެންމެ ދިގު ކަޕްކޭކް ޓަވަރުގެ ރިކޯޑެއް ހޯދައިފިއެވެ.
ގިނީސް ވޯލްޑް ރެކޯޑުން ބުނާގޮތުގައި އެރެކޯޑު ހަދާފައިވަނީ ޗެންނައީ، އިންޑިއާގެ ދެ ކުންފުންޏެއް ކަމަށްވާ 'ޕްރީތީ ކިޗެން އެޕްލަޔަންސް' އަދި 'ފޫޑް ކޮންސުލޭޓް' އާ ގުޅިގެންނެވެ. އެގޮތުން ޖުމްލަ 18818 (އަށާރަ ހާސް އަށްސަތޭކަ އަށާރަ) ކަޕްކޭކު އެޓަވަރު ހަދަން ބޭނުންކޮށްފައި ވެއެވެ.
އެކަޕްކޭކު ޓަވަރުގެ ދިގުމިނަކީ 41 ފޫޓް އަދި އަށް އިންޗިއެވެ. ޕިރަމިޑެއް ގޮތައް ހަދާފައިވާ އެޓަވަރު އެކޮށް ހަދަން 30 ގަޑިއިރު ނެގިއިރު ކޮންމެ ކަޕްކޭކެއްގެ ބަރުދަނުގައި 70 ގުރާމު ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި މުޅިއެކު 1.3 ޓަނުގެ ބަރުދަން އެޓަވަރުގައި ހުންނާނެ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.
ޗެންނައިގެ ވިޖަޔާ މޯލް ގައި އެ ކަޕްކޭކް ޓަވަރު ދައްކާލާފައިވާއިރު ގިނަ ބަޔަކަށް ވަނީ އެޓަވަރު ކަމުގޮސްފައެވެ. ގިނީސް ވޯލްޑް ރެކޯޑުންގެ ފަނޑިޔާރުން އެ ކަޕްކޭކު ޓަވަރުގެ މިން ނެގުމަށްފަހު ވަނީ ޗެންނައީގެ އެންޖީއޯ ތަކަށް އެކޭކުތައް ހަދިޔާ ކޮށްފައެވެ.
ގުޅުންހުރި
ރެކޯޑް
ފޭޑި
ހިޔާލު
ނަން:
ފުރުއްވާފަ ފޮނުއްވާ!
ހިޔާލު:
ކޮމެންޓް ލިޔުއްވާ!
އެންމެފަސް
ރައީސް ޔާމީން އައިޖީއެމްއެޗުގައި އެޑްމިޓް ކޮށްފި
35 މިނެޓު ކުރިން
"މައުސޫމަށް އިތުބާރު އެބައޮތް، އޭނާ އަކީ ނަޒާހަތްތެރި އެއް"
2 ގަޑިއިރު ކުރިން
ޑިފެންސަށް ޑެޕިއުޓީ މިނިސްޓަރަކު އައްޔަން ކޮށްފި
2 ގަޑިއިރު ކުރިން
ރައީސް ޔާމީން އައިޖީއެމްއެޗަށް ގެނެސްފި
3 ގަޑިއިރު ކުރިން
ވިހެއުމުން ހަ މަސް ދުވަހުގެ ޗުއްޓީއެއް ދޭން ފެނަކައިން ނިންމައިފި
4 ގަޑިއިރު ކުރިން