January Mahuge Emme Molhu Coach Akah Solskjaer
image
އޮލީ ގުނާ ސޮލްޝެއާ ފޮޓޯ:---
0 ކޮމެންޓް
 

ޖެނުއަރީ މަހުގެ އެންމެ މޮޅު ކޯޗަކަށް ސޮލްޝެއާ

މިދިޔަ ޖެނުއަރީ މަހުގެ އެންމެ މޮޅު ކޯޗުގެ މަގާމަށް މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗު އޮލީ ގުނާ ސޮލްޝެއާ ހޮވިއްޖެ އެވެ.
ޕްރިމިއާ ލީގުގެ "މެނޭޖަރ އޮފް ދި މަންތް" އެވާޑު އޮލީ ހޯދީ ބާންލީގެ ކޯޗު ޝޯން ޑައިޝް އާއި ސައުތަމްޓަންގެ ކޯޗު ރަލްފްއާ ވާދަކޮށެވެ.





ސޮލްޝެއާގެ ދަށުން ޔުނައިޓެޑުން އަންނަނީ ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން މޮރީނިއޯ މަގާމުން ވަކިކޮށް، އޭނާއާ ޓީމުގެ ކޯޗުގެ މަގާމު ހަވާލުކުރިފަހުން ޔުނައިޓެޑު އަދި މިހާތަނަށް މެޗަކުން ބަލިވެފައިނުވާކަން ފާހަނގަ ކުރެވެއެވެ. އޭނާގެ އިރުޝާދުގެ ދަށުން ތާވަލުގެ 6 ވަނާގައި އޮތް ޔުނައިޓެޑު ވަނީ ގަދަ ހަތަރަކަށް ކުރާ އުއްމީދު ބޮޑުކޮށް ތާވަލުގެ 4 ވަނާގައި އޮތް ޗެލްސީއާ ދެމެދުގެ ފަރަގު ދެ ޕޮއިންޓަށް ކުޑަކޮށްފައެވެ.

ސޮލްޝެއާގެ އިރުޝާދުގެ ދަށުން ޔުނައިޓެޑު މިހާތަނަށް 10 މެޗު ކުޅެފައިވާއިރު އެޓީމުން ވަނީ އޭގެ އެތެރެއިން 9 މެޗު ކާމިޔާބު ކޮށްފައެވެ. އަދި އެއް މެޗުން އެއްވަރުވެފައެވެ.

ޝޮލްޝެއާގެ އިރުޝާދުގެ ދަށުން ޔުނައިޓެޑުން ދައްކަމުންދާ ވަރުގަދަ ކުޅުމާ ގުޅިގެން އެޓީމުގެ ކޯޗުގެ މަގާމު ސޮލްޝެއާއަށް ލިބޭނެ ކަމަށް ވަނީ ވަރަށް ބޮޑަށް ބެލެވިފައެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ކުރިއަށް އޮތް ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ނޮކްއައުޓް ސްޓޭޖުން ޕީއެސްޖީގެ މައްޗަށް ޔުނައިޓެޑުން ކުރި ހޯދާ މުބާރާތުގެ ކުއާޓާއިން ޖާގަ ހޯދައިފިނަމަ ސޮލްޝެއާއަށް ކޯޗުގެ މަގާމު ދާއިދީ ގޮތުން ހަވާލު ކުރުމަށް ޔުނައިޓެޑުން ބޯޑުން ދަނީ މަޝްއަރާ ކުރަމުންނެވެ.
ހިޔާލު