Ronaldo Ge Mamma Maraa Hanguraama Kuranee
image
ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ޑޮލަރެސް ފޮޓޯ:---
0 ކޮމެންޓް
 

ކެންސަރުގެ ޝިކާރައަކަށްވެ ރޮނާލްޑޯގެ މަންމަ މަރާ ހަނގުރާމަ ކުރަނީ

ކެންސަރުގެ ޝިކާރައަކަށްވެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯގެ މަންމަ، ޑޮލޮރެސް އަވެއިރޯ ދެވަނަ ފަހަރަށް މަރާ ހަނގުރާމަ ކުރަން ޖެހިއްޖެ އެވެ.
މީގެ ކުރިން ވެސް ކެންސަރު ބައްޔަށް ފަރުވާ ހޯދާފައިވާ ޑޮލަރެސް ދެވަނަ ފަހަރަށް ކެންސަރުގެ ޝިކާރަކަށްވެ ފަރުވާ ހޯދަން ފަށާފައިވާއިރު މިކަމާއި ގުޅިގެން އޭނާގެ ސާޖަރިއެއް ވެސް ވަނީ ދާދިފަހުން ހަދާފައެވެ. ޑޮލޮރެސް ދެވަނަ ފަހަރަށް ކެންސަރަށް ފަރުވާ ހޯދަމުންދާކަން އޭނާ ވަނީ ޕޯޗުގަލްގެ ޓީވީ ސްޓޭޝަނަކަށްދިން އިންޓަވިއުއެއްގައި ކަށަވަރު ކޮށްދީފައެވެ. މި އިންޓަވިއުގައި ޑޮލޮރެސް ބުނީ ފަރުވާ ހޯދުމުގެ ގޮތުން ސާޖަރީއެއް ހެދުމުގެ އިތުރުން ރޭޑިއޭޝަން ތެރަޕީ ވެސް ނަގަމުންދާ ކަމަށެވެ.

އުމުރުން 64 އަހަރުގެ ޑޮލޮރެސް މީގެ ކުރިން ކެންސަރަށް ފަރުވާ ހޯދީ 2007 ވަނަ އަހަރު އެވެ. ގިނަ ދުވަސްތަކެއް އުރަމަތީގެ ކެންސަރުގެ ފަރުވާ ހޯދުމުގައި ހޭދަ ކުރުމަށްފަހު ޑޮލަރެސް ވަނީ ކެންސަރުގެ މައްޗަށް ގަދަވެ، ކާމިޔާބު ހޯދާފައެވެ. ނަމަވެސް އޭގެ އަހަރުތަކެއް ފަހުން އޭނާއަށް ވަނީ އަނެއްކާ ވެސް ކެންސަރާ ކުރިމަތިލާން ޖެހިފައެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މިފަހަރު ވެސް ޑޮލަރެސް ފަރުވާ ހޯދަމުންދަނީ އުރަމަތީގެ ކެންސަރަށެވެ.

ރިއާލް މެޑްރިޑު ދޫކޮށް އިޓަލީގެ ޔުވެންޓަސްއާ ގުޅުނު ރޮނާލްޑޯ ވަނީ 2009 ވަނަ އަހަރު އޭނާގެ މަންމައަށް ފަރުވާދިން ހޮސްޕިޓަލް، ކެންސަރ ސެންޓަރެއްގެ ގޮތުގައި ތަރައްގީ ކުރުމަށް 100،000 ޕައުންޑު އެ ހޮސްޕިޓަލަށެވެ. މީގެ އިތުރުން ވެސް އޭނާ ވަނީ އާއްމު ގޮތެއްގައި ތަފާތު އެކި ޗެރިޓީ ހަރަކާތްތަކަށް ގިނަ އަދަދެއްގެ ފައިސާ ހަދިޔާ ކުރާ ކުޅުންތެރިއެކެވެ.
ހިޔާލު