Sala Ge Handhaanugai Nantes Ge #9 Jersey Retire Koffi
image
ސަލާ ފޮޓޯ:---
0 ކޮމެންޓް
 

ސަލާގެ ހަނދާނުގައި ނަންޓެސްގެ 9 ނަމްބަރު ޖާޒީ ރިޓަޔާކޮށްފި

ފްލައިޓު ވެއްޓުމުގެ ހާދިސާގައި މަރުވެފައިވާ ނަންޓެސްގެ ކުރީގެ ފޯވާޑު އެމިލިއާނޯ ސަލާގެ ހަނދާނުގައި އެކްލަބުން 9 ނަމްބަރު ޖާޒީ ރިޓެޔާރ ކުރަން ނިންމައިފި އެވެ.
ފްްރާންސް އިން އިނގިރޭސި ވިލާތުގެ ކާޑިފްއަށް ދަތުރު ކުރުމުގެ ތެރޭގައި ހިނގި ހާދިސާއެއްގައި ފްލައިޓު ވެއްޓުމުގެ ސަބަބުން މަރުވެފައިވާ ސަލާގެ ހަނދާނުގައި ނަންޓެސްއިން އެކްލަބުގެ ޖާޒީ 9 ރިޓަޔާ ކުރަން ނިންމާ އެކަން އިއުލާން ކުރީ މިއަދު ހެނދުނު ނެރުނު ބަޔާނެއްގައެވެ. ކަނޑު އަޑީގައި އޮތް ފްލައިޓުން އިއްޔެގެ ވަގުތެއްގައި މީހެއް ހަށިގަނޑެއް ނަގާފައިވާއިރު މިއަދު ހެނދުނު ޑޯސެޓް ފުލުހުން ވަނީ އެ ހަށިގަނޑަކީ ފުޓްބޯޅަ ކުޅުންތެރިޔާގެ ހަށިގަނޑުކަން ކަށަވަރު ކޮށްދީފައެވެ.

ނަންޓެސްގައި މޮޅު ކުޅުމެއް ދެއްކި ސަލާ އެކްލަބުގައި ބޭނުން ކޮށްފައިވަނީ 9 ނަމްބަރު ޖާޒީ އެވެ. އޭނާގެ މަރާއެކު އެކްލަބުން އެ ޖާޒީ ރިޓަޔަރ ކުރަން ނިންމުމާ ގުޅިގެން ދެން އެކްލަބުގެ އެއް ވެސް ކުޅުންތެރިއަކު 9 ނަމްބަރު ޖާޒީ ބޭނުމެއް ނުކުރާނަ އެވެ.

ފްރާންސްގެ ނަންޓެސްއިން 15 މިލިއަން ޕައުންޑުގެ ކްލަބުގެ ރެކޯޑު ޓްރާންސްފާއެއްގައި ކާޑިފް ސިޓީއަށް ބަދަލުވި ސަލާގެ އިތުރުން ފްލައިޓުގައި ދެން އިން އެ ފްލައިޓު ޕައިލެޓް ޑޭވިޑް އައިބޮޓްސަން އެވެ. މި ހާދިސާގައި އޭނާ ވެސް ވީނުވީއެއް ނޭނގި ގެއްލިފައިވާއިރު، މި ހާދިސާއާ ގުޅިގެން ކުރިއަށް ގެންދިއަ ހުރިހާ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނެއް މިހާރު ވަނީ ހުއްޓުމަކަށް ގެނެސްފައެވެ. ސަލާ ދަތުރު ކުރި ފްލައިޓް ވެއްޓުނު ސަރަހައްދަށް މޫސުން ގޯސްވުމާ ގުޅިގެން އޭނާ ދަތުރު ކުރި ފްލައިޓް ނެގުމަށް ކުރި މަސައްކަތް ވެސް ވަނީ ނާކާމިޔާބުވެ ހުއްޓާލަން ޖެހިފައެވެ. ޑައިވް ކުރެވޭ ވަރަށްވުރެ މޫސުން ގޯސްވުމާ ގުޅިގެން ފްލައިޓު ތެރެއިން ސަލާގެ ހަށިގަނޑު ނެގީ ވެސް ރިމޯޓް އޮޕަރޭޓެޓް ވެހިކަލް ބޭނުންކޮށްގެންނެވެ.
ހިޔާލު