Emme Bodu Mussareh Libey 10 Kulhuntherin Engeytha!?
image
0 ކޮމެންޓް
 

އެންމެ ބޮޑު މުސާރައެއް ލިބޭ 10 ފުޓްބޯޅަ ކުޅުންތެރިން އެނގޭތަ؟

މިހާރު ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅޭ ކުޅުންތެރިންގެ ތެރެއިން އެންމެ ބޮޑު މުސާރައެއް ލިބޭ 10 ފުޓްބޯޅަ ކުޅުންތެރިންގެ ލިސްޓެއް ފްރާންސްގެ ނޫހެއް ކަމަށްވާ "އެލް.އެކުއިޕީ" އިން އާއްމުކޮށްފި އެވެ.
ފްރާންސްގެ އިތުބާރު ހިފޭ ނޫސްތަކުގެ ތެރެއިން ހިމެނޭ މި ނޫހުން ނެރުނު ލިސްޓުގައި ވާގޮތުން މިހާރު ދުނިޔޭގެ އެންމެ ބޮޑު މުސާރައެއް ލިބޭ ކުޅުންތެރިޔަކީ ބާސެލޯނާއަށް ކުޅެމުން އަންނަ ލަޔޮނަލް މެސީ އެވެ. އޭނާ މަހު މުސާރައެއްގެ ގޮތުގައި ބާސެލޯނާއިން އޭނާއަށް ކޮންމެ މަހަކު 7.3 މިލިއަން ޕައުންޑް ދޭން ޖެހެއެވެ. މި ލިސްޓުގެ ދެވަނާގައި އޮތީ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. މީގެ އަހަރެއްހާ ދުވަސް ކުރިން ރިއާލްގައި ބޮޑު މުސާރައެއް ހޯދާ، އެންމެ ބޮޑު މުސާރަ ލިބޭ ކުޅުންތެރިޔާގެ ލިސްޓުގެ އެއް ވަނަ ވެސް ހޯދި ރޮނާލްޑޯއަށް މިހާރު ލިބޭ މުސާރައަކީ އެއް ވަނާގައި އޮތް މެސީގެ މުސާރައާ އަޅާބަލާއިރު ގާތްގަނޑަކަށް ދެ ގުނަ ކުޑަ އަދަދެކެވެ. އޭނާއަށް ޔުވެންޓަސްއިން ދެނީ މަހަކު 4.3 މިލިއަން ޕައުންޑުގެ މުސާރައެކެވެ. ލިސްޓުގެ ތިން ވަނާގައި އޮތް އެތުލެޓިކޯ މެޑްރިޑުގެ އެންޓޮއިން ގްރީޒްމަންއަށް ލިބެނީ 2.9 މިލިއަން ޕައުންޑުގެ މުސާރައެކެވެ.

މިފަހަރުގެ އެންމެ ބޮޑު މުސާރައެއް ލިބޭ 10 ކުޅުންތެރިންގެ ލިސްޓުގައި އެންމެ ގިނައިން ހިމެނިފައިވަނީ ސްޕެއިންއަށް ނިސްބަތްވާ ޓީމުތަކުގެ ކުޅުންތެރިންނެވެ. ބާސެލޯނާގެ 3 ކުޅުންތެރިންނާއި ރިއާލް މެޑްރިޑާއި އެތުލެޓިކޯ މެޑްރިޑުން ކޮންމެ ޓީމަކުން ކުޅުންތެރިއަކާއެކު ސްޕެއިންގެ ޓީމުތަކުގެ 5 ކުޅުންތެރިޔަކު މި ލިސްޓުން ޖާގަ ހޯދާފައިވެއެވެ. މި ލިސްޓުގައި ފްރާންސްގެ ޕީއެސްޖީގެ ދެ ކުޅުންތެރިއަކު ހިމެނިފައިވާއިރު އިޓަލީގެ ޔުވެންޓަސްގެ ކުޅުންތެރިއަކު ވެސް ހިމެނިފައިވެއެވެ. މިފަހަރުގެ ލިސްޓުގައި އިނގިރޭސި ކްލަބުތަކުން ހިމެނިފައިވަނީ އެންމެ ދެ ކުޅުންތެރިންނެވެ. އެއީ މެންޗެސްޓާ ޔުނައިޓެޑުގެ އެލެކްސިސް ސަންޗޭޒް އާއި އާސެނަލްގެ މީސުޓް އޮޒިލް އެވެ.

އެންމެ ބޮޑު މުސާރައެއް ލިބޭ 10 ފުޓްބޯޅަ ކުޅުންތެރިން:-

  • ލަޔޮނަލް މެސީ (7.3 މިލިއަން ޕައުންޑް)

  • ކްރިސްޓިއާނޯ ރޮނާލްޑޯ (4.1 މިލިއަން ޕައުންޑް)

  • އެންޓޮއިން ގްރީޒްމަން (2.9 މިލިއަން ޕައުންޑް)

  • ނޭމާ (2.7 މިލިއަން ޕައުންޑް)

  • ލުއިޒް ސުއަރޭޒް (2.3 މިލިއަން ޕައުންޑް)

  • ގެރަތް ބޭލް (2.2 މިލިއަން ޕައުންޑް)

  • ފިލިޕް ކުޓީނިއޯ (2 މިލިއަން ޕައުންޑް)

  • އެލެކްސިސް ސަންޗޭޒް (2 މިލިއަން ޕައުންޑް)

  • ކީލިއަން އެމްބާޕޭ (1.5 މިލިއަން ޕައުންޑް)

  • މީސުޓް އޮޒިލް (1.4 މިލިއަން ޕައުންޑް)

  • ހިޔާލު