Messi Ge 'Bottle Flip' Varah Thafaathu!
image
މެސީގެ ވީޑިއޯގެ މަންޒަރެއް ފޮޓޯ:-- މެސީ/އިންސްޓަގްރާމް
1 ކޮމެންޓް
 

މެސީގެ "ބޮޓްލް ފްލިޕް" ވަރަށް ތަފާތު!

ބާސެލޯނާއަށް ކުޅެމުން އަންނަ ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިޔާ ލަޔޮނަލް މެސީ، "ބޮޓްލް ފްލިޕް" ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް އެތައް ބަޔެއްގެ ސަމާލުކަން ހޯދައިފި އެވެ.
ސޯޝަލް މީޑިއާގައި މިހާރު ވަރަށް ގަދައަށް ފެތުރެމުންދާ މި ވީޑިއޯ އަކީ ލަޔޮނަލް މެސީ އޭނާގެ ރަސްމީ އިންސްޓަގްރާމް ޕްރޮފައިލްއަށް އަޕްލޯޑުކޮށްފައިވާ ވީޑިއޯ އެކެވެ. ވީޑިއޯއިން ފެންނަ ގޮތުގައި މެސީ، ބޯޅައެއް މަތީގައި ޕެޕްސީ ފުޅިއެއް ބެހެއްޓުމަށްފަހު ފުޅި ވައްޓާނުލާ، ބޯޅަ ކުރިމަތީގައި ބަހައްޓާފައި ހުރި ރިންގެއް ތެރެއިން ފޮނުވާލަފައެވެ. މެސީ ބޯޅަ ފޮނުވާލުމުން ބޯޅައިގެ މަތީގައި އިން ފުޅި "ފްލިޕް" ކުރުމަށްފަހު އައިސް ބިންމަތީގައި ޖެހެނީ ސީދަލަށެވެ. ޒަމާނީ ބަހުރުވައިން ބުނާނަމަ ހަމަ "ޕާފެކްޓް ބޮޓްލް ފިޕް" އެކެވެ.

16 މިލިއަނަށްވުރެ ގިނަ މީހުން މެސީގެ މި ވީޑިއޯ ބަލާފައިވާއިރު 121،000 އަށްވުރެ ގިނަ މީހުން ވަނީ މި ވީޑީއޯއަށް ކޮމެންޓުކޮށްފައެވެ."ބޮޓްލް ފްލިޕް" ކުރުމަކީ މީގެ އަހަރުތަކެއް ކުރިން ވަރަށް ބޮޑަށް މަޝްހޫރު ވެގެން ގޮސްފައިވާ "ޓްރެންޑް" އެކެވެ. އެކަމަކު މިހާރަކަށް އައިސް މިކަމުގެ އަޑު ވަނީ ކުރިއާ އަޅާބަލާއިރު ވަރަށް ބޮޑަށް މަޑުވެފައެވެ. ނަމަވެސް މެސީގެ މި ވީޑިއޯ އާއްމުވުމާއެކު އެތައް ބަޔަކު ދަނީ "ބޮޓްލް ފްލިޕް" ޗެލެންޖުގެ ނަމުގައި އެމީހުންގެ ހުނަރު ދައްކުވައިދޭ ވީޑިއޯތައް އާއްމު ކުރަމުންނެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މެސީ ސޯޝަލް މީޑިއާގައި އާއްމުކޮށްފައިވާ މި ވީޑިއޯ އަކީ "ޕެޕްސީ" އިސްތިހާރެއްގެ ޝޫޓިން ތެރެއިން ނަގާފައިވާ މަންޒަރެކެވެ. ފުޓްބޯޅަ ކުޅުންތެރިޔާ ލަޔޮނަލް މެސީ އަކީ "ޕެޕްސީ" ކުންފުނީގެ ބްރޭންޑް އެމްބެސެޑަރެކެވެ.
ހިޔާލު

ާއެމީހާ

ކޮބާ ވީޑިއޯ