Udita ge dharifulhuge photo eh dhahkkalaifi
image
އުދިތާ އާއި އޭނާގެ އާއިލާ---
0 ކޮމެންޓް
 

އުދިތާގެ ދަރިފުޅުގެ ފޮޓޯއެއް ދައްކާލައިފި

ބޮލީވުޑް އެކްޓަރެސް އުދިތާ ގޯސްވާމީ އާއި ޑައިރެކްޓަރު މޯހިތު ސޫރީ ގެ ފިރިހެން ދަރިފުޅުގެ ފޮޓޯއެއް ދައްކާލައިފިއެވެ.
މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ފަހުކޮޅު އުދިތާ އަށް ފިރިހެން ދަރިއަކު ލިބިފައިވާއިރު އެކުއްޖާ ނަމަކަށް ކިޔާފައިވަނީ ކަރްމާ ސޫރީ އެވެ. އުދިތާގެ އުފަންދުވަހާ ގުޅިގެން މޯހިތު އިންސްޓަގުރާމު މެދުވެރިކޮށް ކަރްމާގެ ފޮޓޯ އެއް ހިއްސާކޮށްފައިވާއިރު އެފޮޓޯއިން އެއާއިލާ އެއްކޮށް ފެނިގެން ދެއެވެ.

މިއީ އެމީހުންނަށް ލިބުނު ދެވަނަ ދަރިފުޅެވެ. އުދިތާ އާއި މޯހިތު ކައިވެނިކޮށްފައިވަނީ 2013 ވަނަ އަހަރެވެ. ދެމީހުންނަށް ފުރަތަމަ ފަހަރަށް ކުއްޖަކު ލިބިފައިވަނީ 2015 ވަނަ އަހަރުގެ ތެރޭގައެވެ. އެފަހަރު އެމީހުންނަށް ލިބިފައިވަނީ އަންހެން ކުއްޖެކެވެ.

އުދިތާ ދެވަނަ ދަރިއަށް ބަނޑުބޮޑު ކަން ހާމަކޮށްފައިވަނީ ދަރިފުޅު ވިހޭ ދުވަހުއެވެ. އަދި އޭނާ ވިހައިފިކަން އެދުވަހު ހާމަކޮށްފައިވަނީ ފިލްމު އުފެއްދުންތެރިޔާ މިލަޕް ޒަވޭރީ ކުރި ޓުވީޓަކުންނެވެ.

އުދިތާ ވަނީ 'އަކްޝަރް'، 'ކިއްސޭ ޕިޔާރް ކަރޫން'، 'ޕާޕް' އަދި 'ޒެހެރް' ފަދަ ފިލްމު ތަކުން ފެނިފައެވެ.
ހިޔާލު