Toofan ge shooting anna August gai
image
"ބާގް މިލްކާ ބާގް" ގެ މަންޒަރެއްގައި ފަރްހާން...
މުޙައްމަދު މުސްޠަފާ
0 ކޮމެންޓް
 

"ތޫފާން"ގެ ޝޫޓިން އަންނަ އޯގަސްޓުގައި

އޯމް ޕްރަކާޝް މެހެރާ ޑައިރެކްޓްކޮށް ފަރްހާން އަހްތަރު ލީޑު ރޯލު ކުޅެން ހަމަޖެހިފައިވާ ފިލްމު "ތޫފާން"ގެ ޝޫޓިން އަންނަ އޯގަސްޓް މަހުގެ ތެރޭގައި ފަށާނެ ކަމަށް މެހެރާ ބުނެފިއެވެ.
ފަރްހާން އެ ފިލްމުގައި ކުޅޭނީ ބޮކްސިން ތެޅުންތެރިއެއްގެ ރޯލެވެ. ހަބަރުތައް ލިބޭ ގޮތުގައި އޭނާ އަންނަނީ މިހާރު ވެސް އެ ރޯލަށް ތައްޔާރުވުމުގެ ގޮތުން ޕްރެކްޓިސްތައް ކުރަމުންނެވެ.

"ރަންގް ދެ ބަސަންތީ" ފަދަ ފިލްމުތައް ބެލުންތެރިންނާ ހަމަޔަށް ގެނެސްދީފައިވާ މެހެރާ ބުނީ އޭނާގެ ކުރިއަށް އޮތް ފިލްމަކީ ބެލުންތެރިންނަށް ކަމުދާނެ ފުރިހަމަ ފިލްމަކަށް ހެދުމަށް ނުހަނު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ދެހާސް ތޭރަ ވަނަ އަހަރުގެ ތެރޭގައި މެހެރާ ގެނެސްދިން "ބާގް މިލްކާ ބާގް" އަކީ ބެލުންތެރިންގެ މެދުގައި ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދި ފިލްމެކެވެ. އެ ފިލްމުގެ ލީޑުން ފަރްހާން ފެނިގެންދިޔަ އިރު އޭނާ އަށް އެ ފިލްމުން އެންމެ މޮޅު އެކްޓަރުގެ ނެޝަނަލް އެވޯޑް ވެސް ލިބިފަ އެވެ.

"ތޫފާން" ގެ ކާސްޓުންނަކީ ކޮބައިކަން އަދި އޮތީ ސިއްރެއްގެ ގޮތުގައެވެ.

ފިލްމުގެ ހުރިހާ މަސައްކަތެއް ނިމި ބެލުންތެރިންނާ ހަމަޔަށް ގެނެސްދިނުމަށް ނިންމާފައިވަނީ އަންނަ އަހަރުގެ ތެރޭގައެވެ.
ހިޔާލު