Indigo ge 30 Flight eh miadhuves cancelled kuraane
image
0 ކޮމެންޓް
 

އިންޑިގޯގެ 30 ފުލައިޓެއް މިއަދުވެސް ކެންސަލް ކުރާނެ

އިންޑިއާގެ ބަޖެޓް އެއާލައިން އިންޑިގޯއަށް ދިމާވެފައިވާ ކުރޫންގެ ދަތިކަމާހެދި މިއަދުވެސް 30 ފުލައިޓެއް ކެންސަލްވާނެ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފިއެވެ.
މި ހަފްތާ ބަންދުގައި (ހޮނިހިރު، އާދިއްތަ) ދެ ދުވަހު ވަނީ ޗެންނާއީ، ހައިދަރު އާބާދު އަދި ޖައިޕޫރުން ގިނަ ފުލައިޓްތަކެއް ކެންސަލްކޮށްފައެވެ. ޓައިމްސް އޮފް އިންޑިއާއިން ބުނީ މިއަދުވެސް އިންޑިގޯއިން 30 ފުލައިޓެއް ކެންސަލް ކުރަން ޖެހޭ ކަމަށެވެ.

ޓައިމްސް އޮފް އިންޑިއާއިން ބުނީ މިހާތަނަށް ޔަގީން ކުރެވިފައިވާ ގޮތުގައި ޗެންނާއީ އިން އަށް ފުލައިޓް، ހައިދަރު އާބާދުން ހަ ފުލައިޓް އަދި ޖެއިޕޫރުން ތިން ފުލައިޓެއް ވަނީ ކެންސަލްކޮށްފައެވެ. އިންޑިގޯގެ މުވައްޒަފުންނާއި ހަވާލާދީ ޓައިމްސް އޮފް އިންޑިއާއިން ބުނީ އިންޑިގޯގެ ފުލައިޓްތައް ކެންސަލް ކުރަން ޖެހިފައި ވަނީ ކުރޫއިން ނުލިބިގެންނެވެ.

ޓައިމްސް އޮފް އިންޑިއާއިން ބުނީ ބައިނަލްއަގުވާ މިންގަނޑުގައި ބުނާ އަހަރަކު 1000 ގަޑިއިރު އިންޑިގޯގެ ގިނަ ޕައިލެޓުން މިހާރު ވަނީ ހަމަކޮށްފައެވެ.

އިންޑިގޯއިން ބުނެފައި ވަނީ އެކުންފުނީގެ ފުލައިޓްތައް ކެންސަލް ކުރަން ޖެހިފައި ވަނީ އިންޑިއާގެ އުތުރުގެ ސަރަހައްދަށް މޫސުން ގޯސްވުމުގެ ސަބަބުންނެވެ. އިންޑިގޯއިން ބުނީ ހުކުރު ދުވަހު އެކަނިވެސް 11 ފުލައިޓެއް އެހެން ދިމާތަކަށް ޑައިވާޓް ކުރަން ޖެހުނު ކަމަށެވެ.
ހިޔާލު