Kiyavaidheyn feshithaa maheh adhi ves foiythah hama nuvey
image
ސްކޫލެއްގައި ކިޔަވަމުން އަންނަ ދަރިވަރުންތަކެއް-- ފޮޓޯ: ހިތަދޫ.ކޮމް
2 ކޮމެންޓް
 

ކިޔަވައިދޭން ފެށިތާ މަހެއް، އަދި ވެސް ފޮތްތައް ހަމަ ނުވޭ

ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުނުތާ މިހާރު ގާތްގަނޑަކަށް މަހެއްހާ ދުވަސްވެފައިވާއިރު ބައެއް ސްކޫލުތަކަށް ޓެކްސްޓް ފޮތްތައް ނުލިބޭ ކަމުގެ ޝަކުވާ ބޮޑުވެއްޖެއެވެ.
އެކަމަކު، އެޑިއުކޭޝަން މިނިސްޓްރީން ވަނީ ޖެނުއަރީ 13 ގައި ޓެކްސްޓް ފޮތްތައް ލިބޭނެ ކަމަށް ކުރިން ބުނެފައެވެ. ސްކޫލުތައް ހުޅުވޭ ދުވަހު ފޮތްތައް ދޭނެ ކަމަށް އެޑިއުކޭޝަން ބުނި ނަމަވެސް ބައެއް ފޮތްތައް މިއަދާ ހަމައަށް ވެސް ބައެއް ސްކޫލުތަކަށް ލިބިފައި ނުވާތީ ބެލެނިވެރިންގެ ޝަކުވާތައް މިވަނީ އިތުރުވެފައެވެ.

ކަންބޮޑުވުން ފާޅުކޮށް، ގދ. އަތޮޅެއްގެ ސްކޫލަކުން "ސީއެންއެމް" އާ ވާހަކަ ދައްކި ބެލެނިވެރިއަކު ބުނީ، އެމީހާގެ ދަރިފުޅު ކިޔަވަމުން އަންނަ ސްކޫލުގެ ގްރޭޑު ނުވައެއްގެ ސޯޝަލް ސްޓަޑީޒް އާއި ގްރޭޑު އަށެއްގެ ސައިންސް ފޮތް އަދި ވެސް ނުލިބޭ ކަމަށެވެ.

އޭގެ އިތުރުން ގްރޭޑު ނުވައެއްގެ އެއްވެސް ޓީޗާސް ގައިޑެއް ވެސް ސްކޫލަށް ލިބިފައި ނުވާ ކަން ސީއެންއެމަށް ވަނީ އެގިފައެވެ.

އިމާދުއްދީން ސްކޫލުން ސީއެންއެމްއަށް ވާހަކަ ދެއްކި ބެލެނިވެރިއަކު ބުނީ، އެ ސްކޫލުގައި ކިޔަވަމުން އަންނަ ދަރިވަރުންގެ ތެރެއިން ފޮތްތައް ހަމަނުވަނީ އަތޮޅު ތެރެއިން އެ ސްކޫލަށް ކިޔަވަން އައި ކުދިންގެ އެކަނި ކަމަށެވެ. އެގޮތުން އެކުދިންގެ ފޮތްތައް ލިބޭނީ ރަށުން ކަމަށް ސްކޫލުން މައުލޫމާތުދޭ ކަމަށް އެ މީހާ ބުނެއެވެ.

ސީއެންއެމްއަށް އެނގިފައިވާ ގޮތުގައި ށ. އަތޮޅާއި ރ. އަތޮޅުގެ ބައެއް ސްކޫލުތަކުގެ ބައެއް ދަރިވަރުންގެ ފޮތްތައް އަދި ވެސް ހަމައެއް ނުވެއެވެ. އަދި ގްރޭޑް ނުވައެއްގެ އެއްވެސް ޓީޗާސް ގައިޑެއް އޭގެ ތެރެއިން ބައެއް ސްކޫލުތަކަށް ނުލިބޭ ކަމަށް ވެއެވެ.

ސްކޫލުތައް ފެށުންތާ މިމަހުގެ 13 ގައި މަސް ދުވަސްވާއިރު އަރަބިއްޔާ ސްކޫލުގެ ޓީޗަރުން ވެސް އަދި ހަމައެއް ނުވެއެވެ. އަރަބިއްޔާ ސްކޫލަށް ޓީޗަރުންގެ ދަތިކަން ކުރިމަތިވެފައި ވަނީ އަޒްހަރު ޔުނިވާސިޓީން އެ ސްކޫލަށް ފޮނުވަން ޖެހޭ 22 ޓީޗަރުންގެ ތެރެއިން 18 ޓީޗަރަކު އަދި ރާއްޖެ ނުގެނެވިގެންނެވެ. އެކަމަކު މިމަހުގެ ތެރޭގައި ޓީޗަރުން ގެނެވޭކަމުގެ ޔަގީންކަން އެ ސްކޫލަށް އެޑިއުކޭޝަނުން ދޭ ކަމަށް އެސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ސުޖާއު އަބްދުއްރަހީމް ސީއެންއެމްއަށް ވިދާޅުވެއެވެ.

އެ ސްކޫލުގައި މިހާރު ކިޔަވައިދެމުން އަންނަނީ އިސްލާމިކް ޔުނިވާސިޓީން ޓީޗަރުން ގެނެސްގެނެއެވެ. އެހެންކަމުން، ސައިންސް ސްޓްރީމާއި އާއި ބަހުގެ ގަވައިދުގެ އެއްވެސް މާއްދާއެއް މިވަގުތު އެސްކޫލުގައި ކިޔަވައެއް ނުދެވެއެވެ.

ރާއްޖޭގެ 213 ސްކޫލަކަށް ބޭނުންވާ ހުރިހާ ވަސީލަތްތަކާއި ޓީޗަރުން ވެސް ހަމަކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވަނީ ސްކޫލުތަކުގެ ކިޔެވުން ފެށުމުގެ ކުރިން ވިދާޅުވެފައެވެ. އެހެންކަމުން، ސްކޫލުތަކުގެ ދަރިވަރުންނަށް ފޮތްތައް ހަމަޖެހޭނީ ކޮންއިރަކުތޯ ބެލުމަށް ސީއެންއެމުން އެޑިއުކޭޝަން މިނިސްޓްރީއަށް ގުޅިނަމަވެސް އެކަމާއި ގުޅިގެން އެމިނިސްޓްރީގެ ބަހެއް އަދި ނުލިބެއެވެ.

ޕްރީ ސްކޫލުން ފެށިގެން ގްރޭޑް 12 އާ ހަމައަށް މިއަހަރު 73،035 ދަރިވަރަކު ކިޔަވާނެއެވެ. އަދި އެކުދިންނަށް ކިޔަވައިދިނުމުގައި 9000 އަށް ވުރެ ގިނަ ޓީޗަރުން މަސައްކަތް ކުރާނެ އެވެ.
ހިޔާލު

ޭްއައިޝާ

22 ޓީޗަރުންގެ ތެރެއިން 18ޓީޗަރ އަދި ނާދޭ މީހަކު ބްރާންތި ވެދާނެ

މޯޑް

ޔާމިން ވަޒީފާ ދީފަ ތިބިމީހުން ސަރުކާރަށް ޖެއްސުން ކުރަންޔާ އެކަުގެ ދަތިކަން ރައްޔިތުންނަށް އިހްސާސް ވާނެ