Tantrik ah Saif ai Abhishek adhi Fathima
image
ސައިފް، ފާތިމާ އަދި އަބީޝޭކް...
މުޙައްމަދު މުސްޠަފާ
0 ކޮމެންޓް
 

"ތަންތުރިކް"އަށް ސައިފާއި އަބީޝޭކް އަދި ފާތިމާ

ފޮކްސް ސްޓޫޑިއޯ އިން ގެނެސްދޭން ނިންމާފައިވާ ހޮރޯ ކޮމެޑީ ފިލްމު "ތަންތުރިކް" އަށް ސައިފް އަލީ ހާނާއި އަބީޝޭކް ބައްޗަން އަދި ފާތިމާ ސަނާ ޝެއިހް ސޮއިކޮށްފިއެވެ.
ހަބަރުތައް ބުނާ ގޮތުގައި އެ ފިލްމު ޑައިރެކްޓްކުރާނީ ޕަވަން ކްރިޕަލާން އެވެ. ފިލްމާ ބެހޭ މާ ގިނަ ތަފްސީލްތަކެއް އަދި މީޑިއާތަކަށް ވެސް ދީފައެއް ނުވެއެވެ.

އެ ތިން ތަރިންގެ އިތުރުން ދެން ފިލްމުން ފެންނާނީ ކޮން ފަންނާނުންތަކެއް ކަމެއް އަދި އޮތީ ސިއްރެއްގެ ގޮތުގައެވެ. އަދި ފިލްމުގެ ޝޫޓިން ފެށޭނެ ތާރީހެއް ވެސް އަދި އިއުލާނެއް ނުކުރެއެވެ.

އެހެންކަމުން "ތަންތުރިކް" ބެލުންތެރިންނާ ހަމަޔަށް އަންނާނެ ތާރީހު ވެސް އަދި ވަނީ އެނގޭ ގޮތް ނުވެފައެވެ.

ސައިފް އަދި އަބީޝޭކްގެ ފިލްމުތަކެއް ކުރިއަށް ރިލީޒްވާން ހުރިއިރު ފާތިމާ އެންމެ ފަހުން ފެނިގެންދިޔައީ މިދިޔަ އަހަރުގެ ފަހުކޮޅު ރިލީޒްކުރި "ތަގްސް އޮފް ހިންދުސްތާން" އިންނެވެ. އެ ފިލްމަކީ އަހަރުގެ ފްލޮޕް ފިލްމު ތަކުގެ ލިސްޓުން ޖާގަ ހޯދި ފިލްމެއްކަން ފާހަގަކޮށްލެވެއެވެ.
ހިޔާލު