MDP candidatunge Malee Bayaan aammu kurumah angaifi
image
އެމްޑިޕީ 86 ކެންޑިޑޭޓުން...
1 ކޮމެންޓް
 

އެމްޑީޕީ ކެންޑިޑޭޓުންގެ މާލީ ބަޔާން އާންމުކުރުމަށް އަންގައިފި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އެމްޑިޕީގެ ފަރާތުން ވާދަ ކުރައްވާ ކެންޑިޑޭޓުންގެ މާލީ ބަޔާންތައް އާންމު ކުރުމަށް ޕާޓީން ކެނޑިޑޭޓުންނަށް އަންގައިފިއެވެ. muni
އެމްޑީޕީ ކެމްޕޭން ތަރުޔޖަމާނު އަފްޝަން ލަތީފު ވިދާޅުވީ މިމަހުގެ 14 ވަނަ ދުވަހުގެ ރޭގަނޑު އަށެއްގެ ކުރިން ކެންޑިޑޭތުންގެ މާލީ ބަޔާންތައް ޕާޓީއަށް ހުށަހެޅުމަށް އަންގާފައިވާ ކަމަށެވެ. އަދި މާލީ ބަޔާން ހުށަހެޅުމަށް ވަކި ފޯމެޓެއް ތައްޔާރުކޮށް، އެފޯމެޓް ކެންޑިޑޭޓުންނަށް ދީފައިވާ ކަމަށްވެސް އެމްޑީޕީން ބުނެއެވެ.

"ފޯމެޓް ވާނީ ކެންޑިޑޭޓުންނާއި ހިއްސާ ކުރެވިފައި" އަފްޝަން ވިދާޅުވިއެވެ.

އަފްޝަން ވިދާޅުވީ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ރައްޔިތުންނަސް އޮތް އިތުބާރު އިތުރު ކުރުމަށް މާލީ ބަޔާންތައް ޕާޓީގެ ވެބްސައިޓްގައި އާންމު ކުރުމަށް ވަނީ ނިންމާފައެވެ.

އެމްޑީޕީން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބަށް 86 ދާއިރާއަކުން ވާދަ ކުރަން ނިންމައި 86 ކެންޑިޑޭޓަކަށް ވަނީ ޓިކެޓް ދީފައެވެ. އެމްޑިޕީގެ ފޯމްތައް އިލެކަޝްނަށް ހުށަހަޅާފައި ވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. އޭގެ ތެރެއިން 10 ފޯމުގެ މައުލޫމާތު ފުރިހަމަ ނުވާތީ އިލެކްޝަނުން ވަނީ އެފޯމުތައް އަނބުރާ ފޮނުވާލާފައެވެ.

އެމްޑީޕީން ބުނީ އިލެކްޝަނުން އަނބުރާ ފޮނުވާލި 10 ފޯމުގެ މައުލޫމާތުި ފުރިހަމަކޮށް މާދަމާ އަލުން ލާނެ ކަމަށެވެ.
ހިޔާލު

އަލީ

ތިއުޅެނީ އަނދުންއަޅުވަން ދެން ތިބީ މޮޔައިން ވައްކަންކުރަން މަގުފަހިކުރަނީ