Addu mas kaaruhaanaa dhemas therey hulhuveyne: MIFCO
image
އައްޑޫ ސިޓީގައި ގާއިމް ކުރަމުންދާ މަސް ކާރުހާނާ 2018 ޖޫން މަހުގެ ތެރޭގައި ނަގާފައިވާ ފޮޓޯއެއް. ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް
މުޙައްމަދު މުސްޠަފާ
1 ކޮމެންޓް
 

އައްޑޫ މަސް ކާރުހާނާ ދެމަސް ތެރޭ ހުޅުވޭނެ: މިފްކޯ

އައްޑޫ ސިޓީ ހުޅުމީދޫގައި މިފްކޯއިން ގާއިމްކުރަމުންދާ މަސް ކާރުހާނާގެ ހުރިހާ މަސައްކަތެއް ފުރިހަމަ ކުރުމަށްފަހު ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި އޮޕްރޭޝަނަށް ގެނެވޭނެ ކަމަށް މިފްކޯއިން ބުނެފިއެވެ.
ސީއެންއެމް އަށް ވާހަކަދައްކަމުން މިފްކޯގެ އިންޖިނިއަރު އިބްރާހީމް ހަލީލް ވިދާޅުވީ، އައްޑޫ މަސް ކާރުހާނާގެ މިހާރު ނުނިމި ހުރީ އިލެކްޓްރިކަލް މަސައްކަތްތައް ކަމަށެވެ.

އޭނާ ވިދާޅުވީ، އެ ކާރުހާނާގެ މަސައްކަތް ފެށުން ލަސްވެފައި ވަނީ އިލެކްޓްރިކަލް މަސައްކަތްތައް ހަވާލުކޮށްފައިވާ ކުންފުނީގެ މަސައްކަތް ލަސްވުމުން ކަމަށާއި މިހާރު އެ މަަސައްކަތާ މިފްކޯއިން ހަވާލުވެ މަސައްކަތް ނިންމުމުގެ ކަންކަން ކުރަމުން އަންނަ ކަމަށެވެ.

"އަޅުގަނޑުމެން ވާނީ އެ ކުންފުންޏަށް ކޮންޓްރެކްޓެއް ހަދައި މަސައްކަތް ހަވާލުކޮށްފަ، އެކަމަކު އެފަރާތުގެ މަސައްކަތް ދީފައިވާ މުއްދަތަށް ނިންމާފައި ނުވުމުން މިފްކޯއިން މިހާރު އެ މަަސައްކަތަށް ހަވާލުވެ ކުރަމުން ދަނީ،" ހަލީލް ވިދާޅުވިއެވެ.

އެ ކާރުހާނާގެ އިލެކްޓްރިކަލް މަސައްކަތްތައް ނިންމަން ހަވާލުކޮށްފައިވަނީ ސްރީލަންކާގެ ކުންފުއްޏެއް ކަމަށްވާ އިލެކްޓްރިކަލް މެނުފެކްޗާޑް ޕްރައިވެޓް ލިމިޓެޑް އާއެވެ.

މިފްކޯއިން ބުނީ އައްޑޫގައި ގާއިމް ކުރާ މަސް ކާރުހާނާގައި 1500 ޓަނުގެ މަސް ފިނިކުރެވޭ ސްޓޯރޭޖް ނިޒާމް ގާއިމް ކުރެވިފައިވާ ކަމަށެވެ. އެއީ 500 ޓަނުގެ ތިން ކޯލްޑް ސްޓޭރޯޖް ފެސިލިޓީއެވެ. މީގެ އިތުރަށް 50 ޓަނުގެ އައިސް ޕްލާންޓެއްވެސް މި ކާރުހާނާއާއެކު ހިމެނެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ބަޔާނުގައި ވިދާޅުވީ މިފްކޯގެ ފަރާތުން އައްޑޫ ސިޓީގެ ހުޅުމީދޫގައި ޤާއިމުކޮށްފައިވާ މަސް ކާރުހާނާ ފުރިހަމަކޮށް، މި އަހަރު މަސައްކަތް ފެށޭނެ ކަމަށެވެ. އަދި އިތުރު ރަށްރަށުގައި، އައިސް ޕްލާންޓް ގާއިމުކޮށް، ފެލިވަރު ކޯލްޑް ސްޓޯރޭޖްގެ ޖާގަވެސް މިހާރަށްވުރެ މި އަހަރު އިތުރުކުރެވިގެންދާނެ ކަމަށެވެ.
މިފްކޯ އައްޑޫ ސިޓީ
ހިޔާލު

ކުޑާ

ފޮޓޯއިން ފެންނަނީ ފެކްޓަރީއަކަށްވުރެ ބޮޑަށް ރަށެއްގެ ގުދުރަތީ ރީތިކަމާއި ނާޒުކު ތިމާވެއްޓާއި ރަށުގެ މަލަމަތި ގަސްދުގައި ހަލާކުކޮށް ނައްތާލަން ވަރަށް ބުރަކޮށް މަސައްކަތް ކުރެވިފައިހުރި މަންޒަރު. ކުޑަމިނުން އެންމެ ގަހެއް އިންދާލަންވެސް ނޭގުނީއޭ ބުނީމަ ގަބޫލުކުރާނީ ކާކުތޯ.