Que gai nujehi flat ah edheveyne online portal tha'aarafu kohfi
image
ފްލެޓަށް އެދި ހުށަހެޅުމަށް ގިނަ ބަޔަކު ކިއުގައި--
3 ކޮމެންޓް
 

ކިއުގައި ނުޖެހި ފްލެޓަށް އެދެވޭނެ އޮންލައިން ޕޯޓަލް ތައާރަފުކޮށްފި

ކިއުގައި ނުޖެހި އޮންލައިންކޮށް ފްލެޓަށް އެދި ހުށަހެޅޭ ޕޯޓަލް ހައުސިން މިނިސްޓްރީން އިފްތިތާހުކޮށްފި އެވެ.
ސްޓެލްކޯ ކޮންފަރެންސް ހޯލުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި "މަގޭ ހިޔާވެހީ" ގެ ނަމުގައި ލޯންޗުކުރި އެ އޮންލައިން ޕޯޓަލް ލޯންޗުކޮށްދެއްވީ ހައުސިން މިނިސްޓަރު އައިމިނަތު އާތިފާއެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ނަޝީދު ވިދާޅުވީ، ބޯހިޔާވަހިކަން ހޯދުމަށް ވޭތުވެދިޔަ އަހަރުތަކުގައި އެތައް ވަގުތެއް ހޭދަކޮށް އެތައް ތަކުލީފެއް ވެސް ރައްޔިތުން އުފުލި ކަމަށެވެ.

ނަޝީދު ވިދާޅުވީ އެކަމަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ކިއުގައި ނުޖެހި ފްލެޓަށް އެދެވޭނެ ނިޒާމެއް ތައާރަފުކުރައްވާނެ ކަމަށް ވިދާޅުވި ކަމަށެވެ.

ނަޝީދު ވިދާޅުވީ، ސްކީމެއް އައުމުން ބޭނުންތަނެއްގައި ހުރެ ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ބޯހިޔާވަހި ކަމަށް އެދެވޭނެ ކަމަށެވެ.

"މިއީ ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު ލުއެއް. މަސްވެރިޔާ އެންދަމައިގެން ކަނޑަށް ނުކުންނަމުން މޯބައިލް ފޯނު މެދުވެރިކޮށް ފްލެޓަށް އެދެވޭނެ. އާއިލާއާ ދުރުގާ ރިސޯޓުތަކުގައި މަސައްކަތް ކުރާ އަޅުގަނޑުމެންގެ ޒުވާނުން ހުސް ވަގުތުކޮޅުގައި ސްކީމަކަށް އެދެވޭނެ. އަދި ދާއިމީ ބައްޔަކަށް ބޭސް ކުރެއްވުމަށް ރާއްޖެއިން ބޭރުގައި ހުރި ދިވެހި ރައްޔިތަކަށް އިޖުތިމާއީ ބޯހިޔާވަހިކަން ހޯދުމަށް ރާއްޖެ އަންނާކަށް ނުޖެހޭނެ" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، މިއަދުން ފެށިގެން ކޮންމެ ދިވެހި ރައްޔިތަކަށް ވެސް އެޕޯޓަލުގައި ރަޖިސްޓްރީ ވެވޭނެ ކަމަށެވެ.

"މިވަގުތު ރަޖިސްޓްރީ ވިޔަސް އެޕްލައި ކުރެވޭނީ ސްކީމެއް ތައާރަފް ކުރުމުން." ނަޝީދު ވިދާޅުވިއެވެ.
ހިޔާލު

ައަލީ

ނެތް ވެބްސައިޓަކު... ކިހިނެތް ޕޯޓަލްއަށް ވަންނަނީ

ޙބވ

ކޮންތާކުއިން ޕޯޓަލްއެއް

ރައްޔިތުންގެ ބިން

ކޮބާތަ ތިޔަ ޕޯޓަލް އެޑްރެސް