Primary in balivumun Jabir Supreme Court ah
image
0 ކޮމެންޓް
 

ޕްރައިމަރީން ބަލިވުމުން ޖާބިރު ސްޕްރީމް ކޯޓަށް

ޕްރައިމަރީ ބަލިވާ ކެންޑިޑޭޓުންނަށް ރައްޔިތުންގެ މަޖިލިސް އިންތިހާބު ވާދަ ކުރެއްވޭގޮތް ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މަންދޫބު އަބްދުﷲ ޖާބިރު ސްޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅުއްވައިފިއެވެ. leaward
ސީއެންއެމާއި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ ސިޔާސީ ޕާޓީތަކުގައި ގާނޫނު އަސާސީއާއި ހިލާފަށް އިތުރުކޮށްފައިވާ މާއްދާ އުވާލައި، ޕްރައިމަރީން ބަލިވާ ފަރާތްތަކަށްވެސް ރައްޔިތުންގެ މަޖިލިސް އިންތިހާބަށް ކުރިމަތިލެވޭނެ ގޮތް ހެދުމަށް އެދި ހުށަހަޅާފައިވާ ކަމަށެވެ.

"ގާނޫނު އަސާސީގައި އެބަ އޮވޭ މަޖިލިސް މެމްބަރުޔންގެ ޝަރުތަކާއި، ކުރިމަތި ލެއްވޭނެ ގޮތްތައް. މިކަންކަން ގާނޫނަކުން ހަނި ނުކުރެވޭނެ. އަޅުގަނޑު މަސައްކަތް މި ކުރަނީ ޑިމޮކްރާސީ ފުރިހަމަ ކުރުމަށް" ޖާބިރު ވިދާޅުވިއެވެ.

ރައްޔިތުންގެ ހާއްސަ މަޖިލީހުގައިވެސް މަސައްކަތް ކުރެއްވި ޖާބިރު އެމްޑިޕީ ޕްރައިމަރީގައި ވާދަ ކުރެއްވީ ކާށިދޫ ދާއިރާއަށެވެ. އެދާއިރާގެ ދާއިމީ ނަތީޖާ ދައްކާ ގޮތުން އެދާއިރާގެ ކުރީގެ މެމްބަރު ޖާބިރަށް ލިބިވަޑައިގަތީ 203 ވޯޓެވެ. އެހެން ނަމަވެސް އެ ދާއިރާގެ ޓިކެޓް ކާމިޔާބު ކުރެއްވި އަބްދުﷲ ރިފްއަތަށް 426 ވޯޓް ލިބިލެއްވިއެވެ.

ޕްރައިމަރީން ބަލިވެވަޑައިގެންނެވުމާއެކު ޖާބިރު ވަނީ އަމިއްލައަށް ވާދަ ކުރެއްވުމަށް ނިންމައި، ސްޕްރީމް ކޯޓަށް ވަޑައިގަންނަވާނެ ކަން އިއުލާން ކުރައްވާފައެވެ.
ހިޔާލު