Heeleemaa again Trailer nerefi
image
"ހީލީމީ އަގައިން"ގެ ޕޯސްޓަރެއް---
0 ކޮމެންޓް
 

"ހީލީމާ އަގެއިން"ގެ ޓްރެއިލާ ނެރެފި

ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ލަވަ ހީލީމާގެ ދެވަނަ ލަވަ "ހީލީމާ އަގެއިން"ގެ ޓްރެއިލާ ނެރެފިއެވެ. Dhiraagu
އެލަވައިން ޒުވާން ދެ މޮޑެލުން ކަމަށްވާ މުހައްމަދު އިޝްފާން އަދި ޖަމްޝީދާ ޖަމްޝީދު ފެނިގެންދާއިރު ލަވައިގެ މަންޒަރުތައް ނަގާފައިވަނީ މާލެ އާއި ހުޅުމާލެ އަދި ވިލިގިލީގެ އިތުރުން ރާއްޖޭގެ ބައެއް ރަށްތަކުގައެވެ.

ހީލީމާގެ ފުރަތަމަ ލަވައަށްވުރެ މިލަވަ ރީތި ވެފައި ތަފާތުވާނެ ކަމަށް ލަވައިގެ ޑައިރެކްޓަރު އަޒްހާން އިބްރާހިމް ބުނާއިރު އެލަވަ ކިޔާފައިވަނީ ލަމްހާ ލަތީފާއި މޯލްޑިވިއަން އައިޑޮލް ސީޒަން ތިނަކުން ވިދާލި ރައިހާން އާދަމެވެ.


"ހީލީމާ އަގައިން" ގެ ޓްރެއިލާ---

ހީލީމާގެ ފުރަތަމަ ލަވައިން އައްޒަ އާއި ޖުމާ ފެނިގެންދިޔައިރު އެލަވަ އަށް ގިނަ ބަޔަކު ވަނީ ފާޑު ކިޔާފައެވެ. 2015 އަހަރު ނެރެނު ބޮލީވުޑު ފިލްމު "ދިލްވާލޭ" ގެ ލަވައެއް ކަމަށްވާ "ގޭރުއާ"ގެ ކޮޕީ ލަވައެއް ކަމަށް ބުނާ "ހީލީމާ" އަކީ މިހާތަނަށް ރާއްޖޭގައި އެންމެ ބޮޑު ހަރަދެއް ކޮށްގެން ހެދި ފުރަތަމަ ވީޑިއޯ ލަވައެވެ.



ތިން ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި އެ ލަވަ ކިޔާފައިވަނީ މަރިޔަމް އަޝްފާ އާއި މުހައްމަދު އަބްދުލް ގަނީ (ތޭރަވާ)އެވެ.
ހިޔާލު