DO Sappe Dharumavantha Party ufahdhanee
image
އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި، ޑީއޯ ސައްޕޭ... ފޮޓޯ: ސަން އެމްވީ
1 ކޮމެންޓް
 

ޑީއޯ ސައްޕެ ދަރުމަވަންތަ ޕާޓީ އުފައްދަނީ

އެމްޑީޕީ އުފެއްދުމުގައި އިސްކޮށް އުޅުއްވި އަހުމަދު ޝަފީގު މޫސާ (ޑީއޯ ސައްޕެ) ދަރުމަވަންތަ ޕާޓީގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފައްޓަވައިފިއެވެ. muni
ދިވެހި އޮބްސާވާ ނަމުގައި ހިންގި ނޫހުން މަޝްހޫރުކަން ހޯއްދެވި ސައްޕޭ ވިދާޅުވީ ދަރުމަވަންތަ ނަމުގައި އާ ޕާޓީއެއް އުފެއްދުމަށް މިއަދު ހުށަހަޅުއްވާފައިވާ ކަމަށެވެ. އަދި އެމްޑީޕީން ވަކިވެ ވަކި ޕާޓީއެއް އުފެއްދުމަށް ނިންމެވީ ރާއްޖޭގެ ސިޔާސީ ވުޖޫދަށް ރަނގަޅު ޕާޓީއަކާއެކު ރަނގަޅު ލީޑާޝިޕެއް ގެނައުމަށް ކަމަށެވެ.

"މިހާރަކު ނެތް ރަނގަޅު ސިޔާސީ ޕާޓީއެއް. ކޮންމެ ރަށަކަށް ދިޔަޔަސް މި އޮންނަނީ ކުލަ މަޖާވެފައި. އަޅުގަނޑު މަސައްކަތް މި ކުރަނީ ރައްޔިތުންނަށް ރަނގަޅު އާދަ ތަކަކާއެކު ޑިމޮކްރާސީގައި ރަނގަޅު ސިފަތަކެއް ބައްޓަން ކުރަން" މެކޭނިކަލް އިންޖިނިއަރިން ދާއިރާއިން މަތީ ތައުލީމު ހާސިލް ކުރައްވާފައިވާ ސައްޕޭ ވިދާޅުވިއެވެ.

ސައްޕޭ ވިދާޅުވީ ދަރުމަވަންތަ ޕާޓީގެ އަމާޒަކީ 2023 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުން ކަމަށާއި، އެކަމަށް ރައްޔިތުންނަށް މިސާލެއްފަދަ ލީޑާޝިޕަކާއެކު އަންނާނެ ކަމަށްވެސް ސައްޕެ ވިދާޅުވިއެވެ.

ސައްޕެ ވިދާޅުވީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފެއްޓެވި ނަމަވެސް މާމިގިލީ ދާއިރާއަށް އަމިއްލަ ގޮތުން ވާދަ ކުރައްވާނެ ކަމަށެވެ. ސައްޕޭ ވަނީ އެމްޑީޕީގެ ޕްރައިމަރީގައިވެސް ވާދަ ކުރުމަށް މަސައްކަތް ކުރައްވާފައެވެ. އެހެން ނަމަވެސް ސައްޕޭގެ ނަން އެމްޑީޕީގެ މެމްބަރޝިޕްގައި ނެތުމުން އެ ފުރުސަތު ވަނީ ގެއްލިފައެވެ.

ސައްޕޭ ވިދާޅުވީ އެމްޑީޕީގެ ހަރަކާތްތައްވެސް މިހާރު ހުރީ ޑިމޮކްރާސީގައި އެންމެ ދުޅަހެޔޮކޮށް ނޫން ކަމަށާއި، އެގޮތުން ޕާޓީގައި ވަކި ބަޔަކު ބޭނުންވާ ބަޔަކު މަގާމުތަކަށް ގެނެސް ލެވޭކަން ސައްޕޭ ވަނީ ފާހަގަ ކުރައްވާފައެވެ.
ޑީއޯ ސައްޕޭ
ހިޔާލު

ހޮލާކޯ

ސައްޕެއަށް ތާއީދު