Chris eynaage Supergirl Melissa aa engage vehje
image
މެލިސާ އާއި ކްރިސް--
0 ކޮމެންޓް
 

ކްރިސް އޭނާގެ "ސުޕަގާލް" މެލިސާ އާ އެންގޭޖުވެއްޖެ

ޓީވީ ސީރީޒް "ސުޕަގާލް" ގެ ތަރި މެލިސާ ބެނޮއިސްޓް އާއި ލޯބިވެރިޔާ އަދި ހޮލީވުޑުގެ ތަރި، ކްރިސް ވުޑް އެންގޭޖުވެއްޖެއެވެ.
އެކަން ކަށަވަރުކޮށްދިނުމަށް އިންސްޓަގްރާމު މެދުވެރިކޮށް ކްރިސް އާއި މެލިސާ ވަނީ ފޮޓޯއެއް ހިއްސާކޮށްފައެވެ. އެގޮތުން މެލިސާގެ ކޮލަށް ކްރިސް ދޮނެއް ދެނިކޮށް ނަގާފައިވާ އެ ފޮޓޯގައި މެލިސާ ވަނީ އޭނާގެ އެންގޭމަންޓް އަނގޮއްޓި ވެސް ދައްކާލާފައެވެ. އަދި މެލިސާ ހިއްސާކުރި ފޮޓޯގެ ކެޕްޝަނުގައި ވަނީ، "ޔެސް ޔެސް އިޓް ވިލް އޯލްވޭސް ބީ ޔެސް" އެވެ. އަދި ކްރިސްގެ ފޮޓޯ ކެޕްޝަނުގައި ވަނީ، "ދަ ހެޕިއެސްޓް" އެވެ.
View this post on Instagram

yes yes yes it will always be yes♥️

A post shared by Melissa Benoist (@melissabenoist) on


އުމުރުން 30 އަހަރުގެ ކްރިސްއަށް އޭނާގެ ލޯބިވެރިޔާ މެލިސާއާ ބައްދަލުވެފައި ވަނީ "ސުޕަގާލް" ގެ ސެޓުންނެވެ.

ދަ ވެމްޕަޔާ ޑައިރީގައި މަސައްކަތްކޮށްފައިވާ ކްރިސް މިހާތަނަށް ކައިވެންޏެއް ކޮށްފައި ނުވި ނަމަވެސް މެލިސާ ވަނީ 2013 ވަނަ އަހަރުގެ ތެރޭގައި އެކްޓަރު އަދި ލަވަކިޔުންތެރިޔާ ބްލޭކް ޖެނާ އާ ކައިވެނިކޮށްފައެވެ. އަދި އެދެމީހުން ވަކިވީ 2017 ވަނަ އަހަރެވެ.

"ގްލީ" އާއި "ދަ ލޯންގެސްޓް ރައިޑް" އަދި "ބޭންޑް އޮފް ރޮބާސް" އާއި "ބްލޫ ބްލޮޑްސް" ގައި މަސައްކަތްކޮށްފައިވާ އުމުރުން 30 އަހަރުގެ މެލިސާއަކީ ލަވަކިޔުމުގެ އިތުރުން ނެށުމުގެ ދާއިރާގައި ވެސް ހަރަކާތްތެރިވަމުން އަންނަ ފަންނާނެކެވެ.
ހިޔާލު