Raees Nasheed Partyge Hungaanun Dhoanehge Hungaanah
image
9 ކޮމެންޓް
 

ރައީސް ނަޝީދު ޕާޓީގެ ހުންގާނު ދޯންޏެއްގެ ހުންގާނަށް

ރައީސް މުހައްމަދު ނަޝީދަކީ ސިޔާސީ މަޝްރަހުގައި ރާއްޖޭގައި މި ވަގުތު އެންމެ ހިނގާ އެއް ނަމެވެ. އަދި އެމްޑީޕީ އުފެދިގެން ކުރެވުނު ހުރިހާ މަސައްކަތެއްގައި އެޕާޓީގެ ހުންގާނުގައި އެއްވެސް ވަރުބަލި ކަމެއްނެތް ކުރެއްވި މަސައްކަތުން ރިޔާސީ ދެ އިންތިހާބު ކާމިޔާބު ކުރެއްވިއެވެ. dhi2
ރައީސް ނަޝީދަކީ ހަމައެކަނި ސިޔާސީ ކަންކަމަށް ފަރިތަ ބޭފުޅެއް ނޫނެވެ. ރަށަކަށް ވަޑައިގެންފިނަމަ އިދިކޮޅު ބޭފުޅުންނާއި ވާހަކަ ދައްކަވައި ޒުވާބު ކުރައްވައި ހައްދަވައެވެ. މިއަދު ރައީސް ނަޝީދު ވަނީ އެމަނިކުފާނުގެ މުޅިން އެހެން ހުނަރެއް ތަޖުރިބާ ކުރައްވާފައެވެ.

ފ.އަތޮޅަށް ރައީސް ނަޝީދު ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންނެވުމަށް ޓީއެމްއޭ ހެގަރަށް ވަޑައިގެންނެވީ ފައިހުންގާނު ދޯންޏެއްގައެވެ.

ރާއްޖޭގައި މިހާރު އާންމުކޮށް ބޭނުން ނުކުރާ ފައި ހުންގާނު ދޯންޏަކީ ގިނަ ކައްޕިންވެސް ދުއްވަން ޖެހިލުންވާ ދޯންޏެކެވެ. އެހެން ނަމަވެސް ރައީސް ނަޝީދު ވަނީ ފިލިތެޔޮ ރިސޯޓުން ހެގަރަށް ވަޑައިގެންނެވި މަގުމަތީގައި ފައި ހުންގާނު ދޯނި ފަރިތަ ކަމާއެކު ދުއްވާފައެވެ.


ސޯޝަލް މީޑިއާގައި މިހާރު އާންމު ވެފައިވާ ކުރު ވީޑިއޯއިން ފެންނަނީ ރައީސް ނަޝީދު އެކުޑަ ދޯނީގެ ހުންގާނުގައި ހުންނެވި ފަރިތަ މަންޒަރެވެ. ބައެއް މީހުން ބުނެފައި ވަނީ ރައީސް ނަޝީދު ހުރިހާ ކަނޑަކަށްވެސް ހެޔޮވަރު ކަމަށެވެ.
އެމްޑީޕީ
ހިޔާލު

މޮހޯ

ފުރަތަމެސް ޤާނޫނާ ޚިލާފު...ލައިސަންސް ނެތި ދޯނި ދުއްވަނީ...ގޮސް ފަރަކަށް އަރާ ނޫނީ އެހެއް އުޅަނދެއްގަ ޖެހި ނުވަތަ ބެހުގެން ދިޔަނަމަ؟ ކުއްވެރިވާނެތަށް ނޫނީ ވާނީ ހަމަ ސިޔާސީ ދައުވާއަކަށްތަ؟

ދދ

ބަލަ ކަޕި ހުރެފައި ދޯނީގެ އެހެން މީހަކުވެސް ދޯނީގެ ހުންގާނުގައި ހިފާއިގެން ދޯނި ދުއްވުމަކީ ކަންޑުމަތީގެ ހަމަ އާދަޔެއް މިޤައުމުގައިވެސް!

ނާޅި

ހީވެސް ނުވޭ ! ހީވެސް ނުވޭ ! ހީވެސް ނުވޭ ! ބާރަށް ކުރިޔަށް ! ބާރަށް ކުރިޔަށް ! ބާރަށް ކުރިޔަށް!

ޙުސޭނުބޭބެ

ލައިސަންސްނެތި ދުއްވުމަކީ މަނާކަމެއް.

ކިޔުންތެރި

ސާބަހޭ ނަޝީދޫ

ރިމީ.

ތިދޯނި އަރާނީ ފަރަކަށް މީނައަތަށް ހުންގާނު ދޭން ހެޔޮނުވާނެ

ާާލައިޝާ

ޜިޔާސީ 2 އިންތިޚާބެއް ކާމިޔާބެއް ނުކުރޭ މިފަހަރު އެސޮރު ހުރީ ވޯޓްވެސް ނުލެވޭފަދަ ކުށްވެރިއެއްގެ ގޮތުގަ އިންތިޚާބު ނިމިގެން ރައީސަކު ހޮވިގެންދިޔަ އިރުވެސް ސަޕޯޜޓް ކުރިޔަސް ހަގީގަތް އޮޅުވާލަން ނުހަދާ

ކޭބީ

ލައިސަންސް ނެތި އިންޖީނުލީ އުޅަނދު ދުއްވުމަކީ ޤާނޫނު މަނާކުރާކަމެއް. އެއްމެން ޤާނޫނު ކުރިމަތީގަ ހަމަހަމަވާނެ ދުވަހަކަށް އިންތިޒާރު ކުރަން.

ޖަމަލު

ލައިސެންސް ނެތް ނަމަގާނޫނީ ކުށެއް