Komme aharaku 1.5-2 trillion Dollar corruption ah haradhukurey: IMF
image
އައިއެމްއެފްގެ މެނޭޖިން ޑައިރެކްޓަރު.
0 ކޮމެންޓް
 

ކޮންމެ އަހަރަކު 1.5-2 ޓްރިލިއަން ޑޮލަރު ކޮރަޕްޝަނަށް ހަރަދުކުރޭ: އައިއެމްއެފް

ކޮންމެ އަހަރަކު ވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، ކޮރަޕްޝަނުގެ ގޮތުގައި ޖުމްލަ 1.5-2 ޓްރިލިއަން ޑޮލަރު ހަރަދުކުރާ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ބުނެފި އެވެ.
އައިއެމްއެފްގެ މެނޭޖިން ޑައިރެކްޓަރު ކްރިސްޓީން ލަގާޑް ވިދާޅުވީ ކޮރަޕްޝަނުގެ ސަބަބުން އާމްދަނީ ދަށްވާ ކަމަށާއި، އަދި އޭގެ ސަބަބުން ޒުވާނުންގެ މެދުގައި އެ ގައުމެއްގެ ސަރުކާރުގެ އިދާރާތަކަށް އޮންނަ އިތުބާރާއި ޔަގީންކަށް ކުޑަވެގެން އަންނަ ކަމަށެވެ.

އޭގެ ސަބަބުން ގައުމުތަކުގެ މެކްރޯ އިކޮނޮމީގެ ދުވެލި މަޑުޖެހިގެން އަންނަ ކަމަސް ލަގާޑް ވިދާޅުވި އެވެ. އަދި ޒުވާނުންގެ އިތުބާރު އިދާރާތަކަށް ގެއްލުމަކީ، ކުރިމަގުގައި އެކަމުން ވަރަށް ބޮޑެތި މައްސަލަތައް ނިކުންނާނެ މައްސަލައެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ލަގާޑް ވިދާޅުވީ ކޮރަޕްޝަން އާލާވަނީ އެ ގައުމަކުން ގެންގުޅޭ އުސޫލުތަކުގައި މައްސަލަތަކެއް ހުރުމުން ކަމަށެވެ. އެގޮތުން ގައުމުތަކުން އެފަދަ މައްސަލަތައް ވީހާވެސް އަވަހަކަށް ހައްލު ކުރަން އޭނާ ވަނީ ގޮވާލައްވާފަ އެވެ.

"އަޅުގަނޑުމެން މީގެ ހަ މަސް ކުރިން ހެދި ރިސާޗަކުން އެބައެނގޭ ކޮރަޕްޝަން ހާލަތު ގޯސްވަނީ މި އުސޫލުތަކުގެ މައްސަލައަކުން ކަމަށް. އެ ކަންކަމަށް އަޅުގަނޑުމެން މި ކިޔަނީ ވޮނަރަބިލިޓީ ޕޮއިންޓްސް. އެ ކަންކަން ރަނގަޅު ކޮށްގެން ނޫނީ ކޮރަޕްޝަން ހާލަތު ރަނގަޅެއް ނުވާނެ،" ލަގާޑް ވިދާޅުވި އެވެ.

އައިއެފްއެފުން ހެދި ރިސާޗަކުން ކޮރަޕްޝަނުގެ ޖުމްލަ އަދަދެއް ތަސައްވުރު ކުރެވިފައިވާއިރު، ރާއްޖޭގެ ކޮރަޕްޝަނުގެ ހާލަތު ވަނީ ފާއިތުވި ފަސް އަހަރުގެ ތެރޭގައި ވަރަށް ބޮޑަށް ގޯސްވެފެ އެވެ.

ހިޔާލު