Gulhun badhahivaane komme kamehgai ves eheevaanan: Italy
image
މިނިސްޓަރު ޝާހިދު އަދި ސަފީރު މިއަދުގެ ރަސްމިއްޔާތުގައި ބައިވެރިވަނީ.-- ފޮޓޯ: ފޮރިން މިނިސްޓްރީ
0 ކޮމެންޓް
 

ގުޅުން ބަދަހިވާނެ ކޮންމެ ކަމެއްގައި ވެސް އެހީވާނަން: އިޓަލީ

ދެ ގައުމުގެ ގުޅުން ބަދަހިވާނެފަދަ ކޮންމެ ކަމެއްގައި ވެސް ރާއްޖެ އަށް އެހީތެރިވާނެ ކަމަށް އިޓަލީން ބުނެފި އެވެ.
ފ. މަގޫދޫގައި ގާއިމްކޮށްފައިވާ އިޓަލީގެ މިލާނޯ ބިކޯކާ ޔުނިވާސިޓީގެ އައުޓްޕޯސްޓަށް 10 އަހަރު ފުރުން ފާހަގަކުރުމަށް މިއަދު މާގިރި ހޮޓަލުގައި ބޭއްވި ރަސްމިއްޔާތުގައި އެގައުމުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖޫލިއާނާ މަންނޭލާ ވިދާޅުވީ މިހާރު ވެސް ދެ ގައުމުގެ ގުޅުން ވަރަށް ބަދަހި ކަމަށެވެ.

އިޓަލީ ޔުނިވާސިޓީގެ އައުޓްޕޯސްޓާ އެކު ދެ ގައުމުގެ ގުޅުންތައް ބަދަހިވެގެން ދިޔަ ކަމަށާއި، އިތުރަށް އެ ގުޅުންތައް ބަދަހިކުރުމަށް އިޓަލީ ސަރުކާރުން ބޭނުންވާ ކަމަށް ސަފީރު ވިދާޅުވި އެވެ. އަދި ގުޅުންބަދަހިވާނެ ކޮންމެ ކަމަކަށް ވެސް އެހީވާން އެ ގައުމުގެ ސަރުކާރުން ތައްޔާރު ކަމަށް ވެސް ސަފީރު ވިދާޅުވި އެވެ.

ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދު ވިދާޅުވީ، ބިކާކޯ ޔުނިވާސިޓީގެ އައުޓްޕޯސްޓުގެ ސަބަބުން މަގޫދޫ ރައްޔިތުންގެ އިތުރުން މުޅި ރާއްޖެ އަށް ވެސް އެތައް ފައިދާއެއް ކުރަމުން އަންނަ ކަމަށެވެ. އަދި ކުރިއާ އަޅާ ބަލާއިރު ދެ ގައުމުގެ ގުޅުން ވަރަށް ބޮޑަށް ބަދަހިވެފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ހިޔާލު