Mere Pyare Prime Minister ge trailer varah salhi!
image
"މޭރޭ ޕިޔާރޭ ޕްރައިމް މިނިސްޓާ" ގެ ޓްރެއިލާ އިން ފެންނަ މަންޒަރެއް.....
މުޙައްމަދު މުސްޠަފާ
0 ކޮމެންޓް
 

"މޭރޭ ޕިޔާރޭ ޕްރައިމް މިނިސްޓާ" ގެ ޓްރެއިލާ ވަރަށް ސަޅި!

އަންނަ މަހުގެ 15 ވަނަ ދުވަހު ރިލީޒްކުރަން ނިންމާފައިވާ "މޭރޭ ޕިޔާރޭ ޕްރައިމް މިނިސްޓާ" ގެ ޓްރެއިލާ ބެލުންތެރިންނަށް ދައްކާލައިފިއެވެ.
އެ ޓްރެއިލާ މިހާރު ޔޫޓިއުބުން ބަލާލެވޭނެއެވެ. ގިނަ އަދަދެއްގެ ކުޑަ ކުދިންތަކެއްގެ ޝައުގުވެރި އެތައް މަންޒަރެއް ޓްރެއިލާއިން ދައްކާއިރު ލޯބީގެ ބައެއް މަންޒަރުތައް ވެސް ޓްރެއިލާ އިން ފެނެއެވެ.

މި މަހުގެ ދިހަ ވަނަ ދުވަހު "މޭރޭ ޕިޔާރޭ ޕްރައިމް މިނިސްޓާ"ގެ ޓްރެއިލާ ޔޫޓިބުގައި އާންމު ކުރުމާއެކު އެ ޓްރެއިލާ އަށް އަންނަނީ ރަނގަޅު ތަރުހީބެއް ވެސް ލިބެމުންނެވެ. މިހާތަނަށް 3.9 މިލިއަން ވިއުސް ވަނީ އެ ޓްރެއިލާ އަށް ލިބިފައެވެ.

"ބާގް މިލްކާ ބާގް" ފަދަ ފިލްމުތައް ބެލުންތެރިންނާ ހަމަޔަށް ގެނެސްދީފައިވާ ޑައިރެކްޓަރު އޯމް ޕްރަކާޝް މެހެރާ ޑައިރެކްޓްކޮށްފައިވާ "މޭރޭ ޕިޔާރޭ ޕްރައިމް މިނިސްޓާ" އަކީ ހާމަކަން ބޮޑު ތަންތަނަށް ބޮޑުކަމުދިޔުމާއި ސާފުތާހިރުކަން ކުޑަ މައްސަލަތަކުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ފިލްމެކެވެ.

އެ ފިލްމަކީ ކުރިން މާޗު މަހުގެ އަށްވަނަ ދުވަހު ސިނަމާތަކަށް ގެންނަން ނިންމި ފިލްމެކެވެ. އެހެން ނަމަވެސް ފިލްމު ކުރިން ރިލީޒްކުރަން ބުނި ތާރީހުގައި އިތުރު ދެ ފިލްމެއް ވެސް ރިލީޒް ކުރަން ތައްޔާރުވަމުން އަންނާތީ ފިލްމު މާޗު 15 އަށް ލަސްކުރީއެވެ.

ހުސައިން ދަލާލު އާއި މަނޯޖް މައިތުރާގެ ސްކްރީންޕްލޭއަކަށް ހަދާފައިވާ އެ ޓްރެއިލާ އިން ފެންނާނީ، ބަތަލާ އަންޖަލީ ޕަޓިލް، ނިޝިކެތު ޕުރްނަަތުރޭ، މަކަރަންދް ދޭޝްޕާންޑޭ، ރާސިކާ އަގާޝޭ އަދި ސޯނިއާ އަލްބިޒޫރީ ފަދަ ތަރިންނެވެ. އެ ފިލްމަކީ މުޅިން އާ ތަރިންތަކެއް ބޮލީވުޑަށް ނުކުންނާނެ ފިލްމެކެވެ.
ހިޔާލު