Rajinikanth ge anhen dharifulhu kaiveni koffi
image
ރަޖްނީކާންތު އާއި ސޯންދަރިޔާ އަދި އޭނާގެ ފިރިމީހާ---
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ރަޖްނީކާންތުގެ އަންހެން ދަރިފުޅު ކައިވެނިކޮށްފި

ކާމިޔާބު އެކްޓަރު ރަޖްނީކާންތުގެ އަންހެން ދަރިފުޅު ސޯންދަރީޔާ ރަޖްނީކާންތު އާ ވިޔަފާރިވެރިޔާ އަދި އެކްޓަރު ވިޝަގަން ވަނަންގަމުދީ ކައިވެނިކޮށްފިއެވެ.
ސޯންދަރީޔާ އާއިި ވިޝަގަން 2017 ވަނަ އަހަރު ލޯބީގެ ގޮތުން ގުޅިފައިވާއިރު އެދެމީހުން ކައިވެނިކޮށްފައިވަނީ އިއްޔެ ޗެންނާއީ ގައެވެ. ސައުތު އިންޑިއަންގެ ސަގާފަތަށް އެކައިވެނިކޮށްފައިވާއިރު ކައިވެނީގެ ފޮޓޯތައް މިހާރު ވަނީ އާންމުކޮށްފައެވެ.މީގެ ކުރިން ދެމީހުން ވެސް ކައިވެންޏެއް ކޮށްފައިވާއިރު ސޯންދަރިޔާ ކައިވެނިކޮށްފައިވަނީ 2010 ވަނަ އަހަރު ވިޔަފާރިވެރިޔާ އަޝްވިން އާއެވެ. އަދި އެދެމީހުންނަށް ކުއްޖަކު ލިބިފައިވާއިރު އެދެމީހުންގެ ކައިވެނި ރޫޅިފައިވަނީ 2016 ވަނަ އަހަރުއެވެ.

ވިޝަގަން ވެސް މީގެ ކުރި ކައިވެނި ވަނީ ރޫޅިފައެވެ. ނަމަވެސް އޭނާއަކަށް ދަރިއެއް ލިބިފައެއް ނުވެއެވެ. ސޯންދަރިޔާ އަކީ ތަމިލް ފިލްމް އިންޓަސްޓްރީގައި މަސައްކަތް ކުރަމުން އަންނަ ޑައިރެކްޓަރެއްގެ އިތުރުން ގްރެފިކް ޑިޒައިނަރެއްވެސް މެއެވެ.
ހިޔާލު