JP Latheef mifaharuves Vaadha kuravvanee amilla gothun
image
2 ކޮމެންޓް
 

ޖޭޕީ ލަތީފު މިފަހަރުވެސް ވާދަ ކުރައްވަނީ އަމިއްލަ ގޮތުން

ޖޭޕީއަށް ސޮއިކުރައްވާފައިވާ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުލްލަތީފް މުހައްމަދު މިފަހަރު އިންތިހާބުގައިވެސް އަމިއްލަ ގޮތުން ވާދަކުރައްވަން ނިންމަވައިފިއެވެ.
ވޭތުވެދިޔަ 2014 ވަނަ އަހަރު ބޭއްވުނު ރައްޔިތުންގެ މަޖިލިސް އިންތިހާބުގައިވެސް އަމިއްލަ ގޮތުން ވާދަ ކުރެއްވެވި ލަތީފު، އިންތިހާބަށްފަހު ފުރަތަމަ ގުޅިވަޑައިގެންނެވީ ޕީޕީއެމް އަށެވެ. އެހެން ނަމަވެސް ފަހަކަސް އައިސް އުފެދުނު ހިޔާލު ތަފާތުވުންތަކާއި، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރުނެތް ކަމަށް ސޮއިކުރި މައްސަލާގައި އޭނާ މަޖިލީހުގެ މެމްބަރު ކަމުން ވަކިކުރި ކަމަށް އިލެކްޝަނުން ކަނޑައެޅިއެވެ.

މި މައްސަލަތައް ނިމި އަނބުރާ ގޮނޑި ލިބިވަޑައިގަތުމުން ލަތީފު ފަހުން ސޮއިކުރެއްވީ ޖުމްހޫރީ ޕާޓީއަށެވެ. ޖޭޕީ މިހާތަނަށް ވަނީ 44 ދާއިރާއަކަށް ޓިކެޓް ދީފައެވެ. އެހެން ނަމަވެސް އޭގެ ތެރޭގައި ދިއްދޫ ދާއިރާއެއް ނުހިމެނެއެވެ.

ރައީސް މައުމޫނު އަބްދުލް ގައްޔޫމު ވަނީ އޭރު މަޖިލީހުގެ ގޮނޑި ގެއްލުނު 12 ބޭފުޅުންނަށް ތާއީދު ކުރެއްވުމަށް ނިންމަވާފައެވެ. އޭގެ ތެރެއިން އެމްޑީޕީން ވާދަ ކުރައްވަނީ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އެކަންޏެވެ. ދެން ތިއްބެވި މެމްބަރުން ވާދަ ކުރައްވަނީ ޖޭޕީ ޓިކެޓުގައާއި އަމިއްލަ ގޮތުންނެވެ. އަމިއްލަ ގޮތުން ވާދަ ކުރައްވާ ބައެއް މެމްބަރުން ވާދަ ކުރައްވަނީ ރައީސް މައުމޫނުގެ ތާއީދާއެކުގައެވެ.
މަޖިލިސް 2019
ހިޔާލު

ކޮލަމާ

ހޮވުނީމަ ނީލަމަށްދޯ ލަތީފް! ތިވެސް ގޮތެއް. ވަރަށް ތާކުންތާކު ނުޖެހޭ އުސޫލުތަކެއް ގެންގުޅޭ މީހެއްކަމަށް ފެންނަނީ.

ހިލަބެ

ބައްލަވާ ލަތީފު ކީއްވެތޯ ބުރޯ ޕާޓީ އާއި ނުގުޅުނީ ބުރޯ އަކީ ލަތީފަށް ހާދައެހީ މިނަންގަތީ ހަދިޔާ ދެއްވި ބޭފުޅެކޭދޯ
އެހެންހަދާކަށް ނުވާނެ ބުރޯގެ އިހުސާންތެރިކަން މިހާއަވަހަށް ހަނދާން ނައްތާލާކަށް ނުވާނެ އަނެއްކޮޅުން 7 މ ވަރު ބްލެކްބޮކްސް އިންވެސް ދެއްވިނޫންތޯ ހާދަބައިވަރެކޭ މީދެއްތޯލަތީފް އެކަމު މީގަ ބަރަކާތްނެތީމަ ކާފޫރަށްވީ