Maumoonves edhilavvanee Majileehugai viyafaari nukurumah
image
3 ކޮމެންޓް
 

މައުމޫނުވެސް އެދިވަޑައިގަންނަވަނީ މަޖިލީހުގައި ވިޔަފާރި ނުކުރުމަށް

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އާ ދައުރުގައި މަޖިލިސް ތެރޭގައި ވިޔަފާރި ކުރަން ބޭނުންފުޅު ނުވާ ކަމަށް ރައީސް މައުމޫނު އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫނުގެ ތާއީދުގައި މިފަހަރު މަޖުލީހަށް ވާދަ ކުރައްވާ ކެންޑިޑޭޓުންނާއި ބައްދަލު ކުރައްވައި ރައީސް މައުމޫނު ވިދާޅުވީ ބޭނުންވަނީ އެމްއާރުއެމްއަށް މެޖޯރިޓީ ހޯދުން ނޫން ކަމަށެވެ. އެހެން ނަމަވެސް ސަރުކާރު ކޯލިޝަނަށް މަޖުލީހުގެ މެޖޯރިޓީ ހޯދައި ރައްޔިތުން ބާރުވެރި ކުރުވަން ބޭނުންފުޅު ކަމަށް ރައީސް މައުމޫނު ވިދާޅުވިއެވެ.

"ބޭނުންވަނީ ރައްޔިތުންގެ ތާއިދު. ރައްޔިތުން އަޅުގަނޑުމެންނަށް ހިތްވަރު ދިނުން، އެއީ ރައްޔިތުންގެ މަޖިލީހަކީ ބާރުވެރި ތަނަކަށް ހެދުން. ރައްޔިތުންގެ ބާރު ފެންނާނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން. އަޅުގަނޑުމެން މަސައްކަތް ކުރަނީ ކޮންމެހެން މަޖިލީހުގެ އަގުލަބިއްޔަތު ހޯދާކަށް ނޫން" ރައީސް މައުމޫނު ވިދާޅުވިއެވެ.

މޯލްޑިވްސް ރިފޯމް މޫމަންޓުގެ ނަމުގައި ޕާޓީއެއް އުފެއްދެވުމަށް މަސައްކަތް ކުރައްވާ ރައީސް މައުމޫނު ވިދާޅުވީ މަޖުލީހަށް މެމްބަރުން ހޮވަން އުޅެނީ އެބޭފުޅުން ވިޔަފާރި ކުރަން ނޫން ކަމަށެވެ. އޭގެ ބަދަލުގައި އެއީ މެމްބަރުންނާއި ހަވާލު ކުރެވޭ އަމާނާތެއްކަން ރައީސް މައުމޫނު ފާހަގަ ކުރެއްވެވިއެވެ.

ރައީސް މައުމޫނު ވިދާޅުވީ މަޖުލީހަށް ވަޑައިގަންނަވާއިރު އަތުގައި އެއްވެސް ފައިސާއެއް ނުހުންނަ ބޭފުޅުން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑެތި ވިޔަފާރިކޮށް މާލެއިން ބިން މިލްކު ކުރާ މަންޒަރު ދެކެން ބޭނުން ނުވާ ކަމަށެވެ.

"މިއީ އަޅުގަނޑު އެއްގޮތަކަށްވެސް ދެކެން ބޭނުންވާ މަންޒަރެއް ނޫން. އެއީކީ ނޫން އަޅުގަނޑުމެން ކުރަން މިއުޅޭ ކަމަކީ. އޭގެ ބަދަލުގައި އަޅުގަނޑުމެން ބޭނުންވަނީ ރައްޔިތުން ބާރުވެރިކުރަން" ރައީސް މައުމޫނު ވިދާޅުވިއެވެ.

ރައީސް މައުމޫނު ވިދާޅުވީ އެކަން ކުރުމަށް ކޮންމެ މެމްބަރަކީވެސް އަމާނާތްތެރިކަމާއި ތެދުވެރިކަމުގެ އިތުރަށް ނަޒާހާތްތެރި މީހަކަށް ވާން ޖެހެއެވެ.

ރައީސް މައުމޫނުގެ އިތުރަށް ރައީސް މުހައްމަދު ނަޝީދުވެސް ގެންދަވަނީ އަންނަ ރައްޔިތުންގެ މަޖިލީހަކީ ނަޒާހަތްތެރި ތަނަކަށް ހެއްދެވުމަށް ވަރަށް ބޮޑަށް ވަކާލާތު ކުރައްވަމުންނެވެ.
ހިޔާލު

ލަދު

މިކާފަ ބޭނުންވަނީ އަދިވެސް ވެރިކަން މިޤައުމުގެ ފަޤީރުން އަތުން އެތަކެއް ފައިސާ ގައި ޓެކުސްކިޔާ އެއްޗެއްގެ ނަމެއް އަޅުވައިގެން ދައުލަތަށް ޖަމާކޮށްގެން ބައިތުލް މާލުން ހަރަދުކުރާ ފަޤީރުންގެ ލިސްޓުގެ އެންމެ ކުރީގައި ނަންނޯޓް ކޮށްގެން އެންމެ ގިނަ ފައިސާ ނަންގަވާ މީހުންނަކީ މިފަދަ ބޭބޭ ފުޅުން !

ސސ

ކޮންކަހަލަ ވިޔަފާރިއެއްތޯ ސިޔާސީ ހަށި ވިއްކުމުގެ ވިޔަފާރިތޯ؟

ނޫސް ކިޔާމީހާ

މައުމޫނުގެ ބަސްފުޅާއި އަމަލުފުޅުތަކުގަ މިހާރަކު ރައްޔިތުންނަން އިތުބާރު ކުރެވޭކަމަށް ނުބެލެވެ. އަމިއްލަމަސްލަހަތުފުޅުގައި ޤައުމިއްޔަތަށް ޤުރުބާން ކުރާތައް ފެންނަނީ. އިންޑިޔާގެ އަޅުވެތިކަމަށް ޤައުމު ބިރުހީވެފައިވާއިރުވެސް މަނިކްފާނު ތިޔަހުންނެވީ ހަނު.