Raees Solih aa eku Cricket kulhen Yuvraj aan Harbajan rajje annanee
image
ޔުވްރާޖް އާއި ހަރްބަޖަން.....
މުޙައްމަދު މުސްޠަފާ
0 ކޮމެންޓް
 

ރައީސް ސޯލިހުއާއެކު ކްރިކެޓް ކުޅެން ޔުވްރާޖާއި ހަރްބަޖަން ރާއްޖެ އަންނަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުއާއެކު ކްރިކެޓް މެޗެއް ކުޅުމަށް އިންޑިއާގެ ގައުމީ ކްރިކެޓް ޓީމުގެ މަޝްހޫރު ދެ ކުޅުންތެރިން ކަމަށްވާ ޔުވްރާޖް ސިންގާއި ހަރްބަޖަން ސިންގް ރާއްޖެ އަންނަ ގޮތަށް ހަމަޖެހިއްޖެއެވެ.
އެ ދެ ކުޅުންތެރިން ހިމެނޭ ގޮތަށް ރާއްޖެ އަންނަ އެއާ އިންޑިއާގެ ކްރިކެޓް ޓީމްގެ ފުރަތަމަ މެޗްތައް ފެށޭނީ އަންނަ ހުކުރު ދުވަހުއެވެ.

ރައީސްގެ ކެޕްޓަން ކަމުގެ ދަށުން ހޮވާލެވިފައިވާ ހާއްސަ ޓީމަކާއެކު ހުކުރު ދުވަހު މެޗެއް ކުޅެން ނިންމާފައިވައިރު ރާއްޖޭގެ ގައުމީ ޓީމާ އެކުވެސް އެއާ އިންޑިއާގެ ޓީމް މެޗެއް ކުޅުމަށް ވަނީ ނިންމާފައެވެ.

ހުކުރު ދުވަހު އޮންނަ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ ކުޅިވަރު އެކުވެނީގައެވެ. އެ މެޗްގައި ސަރުކާރުގެ ބައެއް އިސްވެރިންނާ ރާއްޖޭގެ ކުރީގެ މަޝްހޫރު ކުޅުންތެރިން ކުޅޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.

އޭގެ ތެރޭގައި ކްރިކެޓް ބޯޑުގެ ރައީސް އަހުމަދު އަފްލާހާއި އޮލިމްޕިކް ކޮމިޓީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއިލްގެ އިތުރުން ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުރިކެޓް ކުޅުންތެރިޔާ މޫސާ ކަލީމް ފަދަ ކުޅުންތެރިން ހިމެނެއެވެ.

ޔުވްރާޖާއި ހަރަބަޖަންއަކީ އިންޑިއާގެ ގައުމީ ޓީމަށް ރީތި ނަންތަކެއް ހޯދަ ދީފައިވާ ދެ ކުޅުންތެރިންނެވެ. އެ ދެ ކުޅުންތެރިންނަކީ 2011 ވަނަ އަހަރު އިންޑިއާއިން ކުރިކެޓް ވޯލްޑް ކަޕު ކާމިޔާބުކުރުމުގައި މުހިންމު ދައުރެއް އަދާކުރި ދެ ކުޅުންތެރިންނެވެ.

ކުޅިވަރާ ބެހޭ މިނިސްޓްރީއާއި ކްރިކެޓް ބޯޑް އަދި އިންޑިއާ އެމްބަސީ ގުޅިގެން ކޮންމެ އަހަރަކުވެސް މިފަދަ ހަރަކާތެއް ބާއްވަން ވަނީ ނިންމާފައެވެ. އަދި އެކަމުގެ ފެށުމެއްގެ ގޮތުން ކުޅެވޭ ފުރަތަމަ މެޗް ހުކުރު ދުވަހު ކުޅެވޭނެއެވެ.
ހިޔާލު