Navaanavai in Raiyyithunge Majileehugai vaadhakuraa 2 candidate akah thaaeedh kuran ninmaifi
image
"ނަވާނަވައި"އިން ތާއީދު ކުރަން ނިންމާފައިވާ ދެ ކެންޑިޑޭޓުން--ފޮޓޯ: ޓްވީޓަރ
2 ކޮމެންޓް
 

"ނަވާނަވައި" އިން ރައްޔިތުންގެ މަޖިލީހުގައި ވާދަކުރާ ދެ ކެންޑިޑޭޓަކަށް ތާއީދުކޮށްފި

"ނަވާނަވައި" ހަރަކާތުން ރައްޔިތުންގެ މަޖިލީހުގައި ވާދަކުރާ ދެ ކެންޑިޑޭޓަކަށް ތާއީދު ކުރަން ނިންމާ އެކަން އާއްމު ކޮށްފިއެވެ.
"ނަވާނަވައި"އިން ތާއީދު ކުރަން ނިންމާފައިވަނީ މާފަންނު މެދު ދާއިރާއަށް ކުރިމަތިލާފައިވާ ފާތިމަތި ރިޝާނާ އަށާއި ދ. ކުޑަހުވަދޫ ދާއިރާއަށް ކުރިމަތިލާފައިވާ އަހުމަދު މުހައްމަދުއަށެވެ. އެ ދެ ކެންޑިޑޭޓުންނަކީވެސް އެއްވެސް ސިޔާސީ ޕާޓީއަކަށް ނިސްބަތްނުވާ މިނިވަން ކެންޑިޑޭޓުން ކަމަށް ނަވާނަވައި ހަރަކާތުން ބުނެއެވެ.

"ނަވާނަވައި" ހަރަކާތް ހިންގަނީ މިހާރު އުފެދިފައި އޮތް މަދު ބަޔަކު ކޮންޓްރޯލްކުރާ ސިޔާސީ ހަރަކާތްތަކާއި ހިތްހަމަނުޖެހޭ ދިވެހި ރައްޔިތުން ކަމަށް އެހަރަކާތުން ބުނެއެވެ. އަދި މިހަރަކާތުގައި ހިމެނެނީ އެކި ދާއިރާތަކުގެ އެކިފެންވަރުގެ އެކި ރަށްރަށަށް ނިސްބަތްވާ ދިވެހި ރައްޔިތުން ކަމަށްވެސް އެހަރަކާތުން ބުނެއެވެ.

"ނަވާނަވައި" ހަރަކާތުން ބުނީ އެ ދެ ކެންޑިޑޭޓުންނަށް ތާއީދު ކުރުމަށް ނިންމާފައިވަނީ ނަވާނަވައިގެ މެމްބަރުންގެ ތެރެއިން ޓީމެއް އެކުލަވާލައިގެން ކުރިއަށް ގެންދިޔަ "ކެންޑިޑޭޓުން ސްކްރީން ކުރުމުގެ މަރުހަލާ" އަށްފަހު، އެޓީމުގެ ހުރިހާ މެމްބަރުންގެ އިއްތިފާގުން ކަމަށް ވެސް އެހަރަކާތުން ބުނެއެވެ.

"ނަވާނަވައި"އިން ބުނީ އެހަރަކާތުން ކެންޑިޑޭޓުންނަށް ތާއީދު ކުރަން ނިންމާއިރު، ރައްޔިތުންގެ ހައްގުގައި ބަސްބުނާ، އިގްތިސާދީ، އިޖުތިމާއީ އަދި ސިޔާސީ މިނިވަންކަމާއި އަދާލަތު ލިބިގަނެ ދުޅަހެޔޮ ދިރުއުޅުމެއް ރައްޔިތުންނަށް ހޯދުމަށްޓަކައި ނަވާނައިގެ ސިޔާސަތުތަކަށް ތާއީދު ކުރާ މިންވަރު ބަލާނެ ކަމަށެވެ. އަދި ވިޔަފާރި ވެރިންނާއި ސިޔާސީ ވެރިން އަދި ނުފޫޒު ގަދަ އާއިލާތަކުން ނެޓި، މިނިވަން ކަމާއެކު ރައްޔިތުންގެ ހައްގުގައި ބަސްބުނުމުގެ މިނިވަންކަން ހުރި މިންވަރަށް ބަލާކަމަށްވެސް ނަވާނަވައި ހަރަކާތުން ބުނެއެވެ.
މަޖިލިސް 2019
ހިޔާލު

އަހައްމާ

ނަވަނަވާ ވެސް ޞޮދަގައި ފައުންޑޭޝަނުން ވެސް އެމީހަކު ސަޕޯޓްކުރާ ބަޔަކު ނުވަތަ އެބަޔަކަށް މާލީމަންފާ ލިބޭނެގޮތް ހޯދުމަށްޓަކައި މަސައްކަތް ކޮއްދޭނެ ބަޔަކު ހޯދައި އެކަމުގެ މޮޅު ވާހަކަ ދައްކައެވެ. އެހެން ނަމަވެސް އަސްލު ސޫރަ ފެނުނީމާ އެއަށް ވުރެން ނުލަފާ އަދި ގޯސްބައެއް ވެސް ނުތިބެއެވެ. މޮޅު ވާހަކަ ނުދައްކާ އެބައި މީހުންގެ މަޒީގެ ޞޮފްހާތަށް ބަލާނުލާ ވޯޓު ނުދޭށެވެ. ބަޔަކު ދައްކާހާ ހުރިހާ ވާހަކަތަކަކީ ހަގީގަތެއްގެ ގޮތުގައި ބަލައި ނުގަންނާށެވެ. ލޮސްގަހަށް ވެސް އަރުވައި ދީފާނެއެވެ.

އޮނަބައްތިރީސް

އިސްލާމީ ޝިޢާރު ތަކާ ދެކޮޅަށް ޚިޔާލު ފާޅުކުރާ ފަރާތްތަކަށް ތާއީދު ނުކުރުމަށް މިފުރުސަތުގައި ހުރިހާ ހިސާބު ނަމްބަރުތަކަށް ގޮވާލަން.