IB ves vaadha kuravvanee amillagothun
image
0 ކޮމެންޓް
 

އައިބީވެސް ވާދަކުރައްވަނީ އަމިއްލަ ގޮތުން

ޕީޕީއެމްގެ ހަރަކާތްތަކުގައި އިސްދައުރެއް އަދާކުރެއްވި ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ (އައިބީ) ޕާޓީ ޓިކެޓް ދޫކުރައްވައި އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަ ކުރެއްވުމަށް ފޯމް ހުށަހަޅުއްވައިފިއެވެ.
ޕީޕީއެމުން ޕާޓީ ޓިކެޓް ދިން މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އައިބީ މީޑިއާއަށް ވިދާލުވެފައި ވަނީ އަމިއްލަ ގޮތުން ވާދަކުރައްވަން ނިންމެވީ ކޯލިޝަން ސަރުކާރެއްގައި ގިނަ ޕާޓީގެ ވިސްނުމަށް މަސައްކަތް ކުރެވޭނީ އަމިއްލަ ގޮތުން ވާދަކޮށް ގޮނޑި ކާމިޔާބުކޮށްގެން ކަމަށްވާތީ ކަމަށެވެ.

އިލެކްޝަން ކޮމިޝަނުން ވަނީ އައިބީ މިއަދު އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި މަޖިލީހަށް ވާދަ ކުރެއްވުމަށް ފޯމް ހުށަހަޅުއްވިކަން ކަށަވަރުކޮށްދެއްވާފައެވެ.

މިދިޔަ 2014 ވަނަ އަހަރު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އައިބީ ފޭދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ 1299 ވޯޓުންނެވެ. އެދާއިރާގެ އެމްޑީޕީ ޕްރައިމަރީ މިފަހަރުވެސް ކާމިޔާބު ކުރެއްވި ނިހާދަށް ލިބިލެއްވީ 1202 ވޯޓެވެ. މިއީ އައިބީގެ ދެވަނަ ދައުރަށް އަލުން ގޮނޑި ކާމިޔާބު ކުރެއްވުމަސް ކުރިމަތިލާ ފަހަރެކެވެ.
ޕީއެންސީ
ހިޔާލު