Kelaa Marukazun nubai beysthakeh dhin kamah bunaa massalaeh balanee
image
ހއ. ކެލާ--- ފޮޓޯ: ކޭއޯ
2 ކޮމެންޓް
 

ކެލާ މަރުކަޒުން ނުބައި ބޭސްތަކެއް ދިން ކަމަށް ބުނާ މައްސަލައެއް ބަލަނީ

ހއ.ކެލާ ސިއްހީ މަރުކަޒުން ޒުވާނަކަށް ނުބައި ބޭސްތަކެއް ދިން ކަމަށް ބުނާ މައްސަލައެއް ހެލްތު މިނިސްޓްރީން ބަލަން ފަށައިފިއެވެ.
ސީއެންއެމްއާ ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ކެލާ މަރުކަޒުން ނުބައި ބޭސްތަކެއް ދިން ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވާހަކައަކާއި ގުޅިގެން އެކަން ހިނގާފައިވާ ގޮތް ސާފު ކުރަމުންދާ ކަމަށެވެ.

"މައްސަލަ ހުށަހަޅާފައެއް ނުވޭ. އެކަމަކު މިނިސްޓްރީގެ ސަމާލު ކަމަށް އެކަން އައުމުން މައްސަލަ ބަލަމުން މިދަނީ" އޮފިޝަލް ވިދާޅުވިއެވެ.

ކެލާ ސިއްހީ މަރުކަޒުން ޑޮކްޓަރުން ދިން ނުބައި ބޭހެއް ބޭނުންކުރުމުގެ ސަބަބުން ޒުވާނެއްގެ ހާލު ސީރިއަސް ވެގެން އުޅޭކަމަށް ސޯޝަލް މީޑިއާގައި އަޑުތައް ފެތުރުނީ ރޭގެ ވަގުތެއްގައެވެ. އެކަމަކު ސީއެންއެމްއާ ވާހަކަ ދައްކަވަމުން ސިއްހީ މަރުކަޒާއި ހަވާލުވެ ހުންނެވި ހުސެއިން ފާރޫގް ވަނީ އެކަން ދޮގުކޮށްފައެވެ.

ފާރޫގް ވިދާޅުވީ، މިދިޔަ މަހުގެ 26 ގައި އެ ޒުވާނާ ޑޮކްޓަރަށް ދައްކަން އައީ ފޮޅުތަކެއް ނަގައި ހުން އައިިސްފައި ހުރުމުން ކަމަށެވެ. އަދި އޭނާ ބެލުމަށް ފަހު ޑޮކްޓަރުން ބޭސް ދިން ކަމަށާއި އެހެން ނަމަވެސް ޖެހިގެން އައި ދުވަހު ވެސް ހުން މަޑުނުވާތީ އެޒުވާނާ ޑޮކްޓަރަށް ދައްކަން އައި ކަމަށެވެ. އަދި ޑޮކްޓަރު ލިޔެފައި ދިން ބޭސް ބަދަލުކުރިކަން ފާހަގަކޮށް ފާރޫގް ވިދާޅުވީ 28 ވަނަ ދުވަހު ވެސް ރަނގަޅު ނުވާތީ އޭނާ ޑޮކްޓަރަށް ދެއްކި ކަމަށެވެ.

އަށާވީސް ވަނަ ދުވަހު ދައްކަން އައުމުން ޑޮކްޓަރު ވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ދިއުމަށް ލަފާދީފައި ކަމަށް ވެސް ފާރޫގް ވިދާޅުވިއެވެ. އެކަމަކު އެމުއްދަތުގެ ތެރޭގައި ކެލާ ސިއްހީ މަރުކަޒުން ދިން ބޭސް ބޭނުން ކުރުމުގެ ކުރިން ވެސް އޭނާގެ ގައިގާ ފޮޅުތައް ނަގާފައި ހުރިކަން ފާހަގަކޮށް ފާރޫގް ބުނީ އެ ޒުވާނާގެ ހާލު ސީރިއަސްވީ އެރަށު މަރުކަޒުން ދިން ބޭހެއް ބޭނުންކޮށްގެން ކަން އެއްވެސް ޑޮކްޓަރެއްގެ ލިޔެކިޔުމުން އެނގެން ނެތް ކަމަށެވެ.

"އަޅުގަނޑަށް އެނގިފައިވާ ގޮތުން ނަމަ ކުޅުދުއްފުށިން ވެސް ދިނީ ހަމަ މިކޮޅުން ދިން ބޭސް. އަޅުގަނޑަކަށް ނޭނގެ އޭނަ ޑޮކްޓަރަށް ދައްކަން އައި އަމިއްލައަށް ބޭސްތަކެއް ބޭނުންކޮށްފަ ކަމެއް ބުނާކަށް. އެކަމަކު، މިކޮޅުން ނުބައި ބޭހެއް ދީގެންނެއް ނޫން އެކަން ކުރިމަތިވީ." ފާރޫގް ވިދާޅުވި އެވެ،

ފާރޫގް އިތުރަށް ވިދާޅުވީ، އެކަމާއި ގުޅުން ހުރި ހުރިހާ ލިޔެކިޔުމެއް ހެލްތު މިނިސްޓްރީގައި މިހާރު ހުންނާނެ ކަމަށެވެ. އަދި ލިޔެކިޔުންތަކަށް ބެލުމަށް ފަހު އޭނާގެ ހާލު ސީރިއަސްވީ އެރަށުން ދިން ބޭހެއް ބޭނުންކޮށްގެންކަން ނުވަތަ ނޫން ކަން ހެލްތު މިނިސްޓްރީން ނިންމާނެ ކަމަށެވެ.

އެކަމާއި ގުޅިގެން އެ އާއިލާގެ ބަހެއް އަދި ނުލިބެއެވެ. ބައެއް މީޑިއާތަކުގައި ބުނާ ގޮތުގައި ޑޮކްޓަރުން ދިން ބޭހުގެ ސަބަބުން ޒުވާނާގެ ހާލަތުވީ އިތުތަށް ގޯހެވެ. އަދި އޭނާގެ ހައިގެ އެކި ތަންތަނުން ހަން ނެއްޓި، އަނގަޔާއި ތުންފަތް ގިރެން ފަށާފައިވާކަމަށް ވެއެވެ. އެކަމަށް އޭނާ މިހާރު ފަރުވާ ހޯދަމުން އަންނަނީ އިންޑިއާގައެވެ.
ހިޔާލު

ކީކޭ ބުނާނީ!

ބޭސް ހުރޭ އެ ބޭނުން ކުރީމަ ސްޓީވަން ޖޯންސަން ސިންޑުރޯމް ކިޔާ ނުރައްކާތެރި އެލާޖިކެއްވާ ބޭސް. އެއީ އެމީހެއްގެ ހަށިގަނޑު ނުގުޅެނީ ޑޮކްޓަރު ގޯހީކީ ނޫން. ޙަޤީޤަތަށް ވާހަކަ ދައްކަބަލަ. ދިވެހިން.🙄

ކެލާ މީހާ

މީހަކު ފޮޅެއް ނަގައިގެން މަރުކަޒައް ދިޔައްޔާ އެ ފާނަބަސަންތު އޭ ކިޔާ ބޭސް ދޭން ޖެހޭތަ. ތިމާމެންނަށް ކޮންކަމެއް ކަން ނޭގެންނާ ނޭގެޔޭ ބުނީމަ ވީިއެއްނު. އެލާޖިކް ވެގެން ދިޔަމީހަކަށް ފާނަބަސަންތުގެ ބޭސްދީ. ޢެމީހާ މާލެ ނުގެނެވުނީވެސް ފާނަބަސަންތު އޭ ކިޔާތީ ފުލައިޓް އަށް ނާރުވައިގެން. ފަރުވާ ނުލިބި ލަސްވީ ކެލާ ސިއްޙީ މަރުކަޒުގެ އިހުމާލުން ފާނަބަސަންތު ކަމަށް ނިންމީ މަ. އަދި މުޅި ރިޖަންގަ ހުރި ހޮސްޕިޓަލް ކުޅުދުއްފުށި ޑޮކުަޓަރުންވެސް މުޅި މީހާ ފޮޅުތައް ޖަހައި ފިހިފަ އޮތް އިރުވެސް ފާނަބަސަންތު އޭ ކިޔާ ބޭސް ދިނީ. ވީމާ ޒިންމާ ނަގަން ޖެހެނީ ބެއްލެވި ޑޮކުޓަރުން ނޫންތަ. ޢެމީހުންގެ އިހުމާލުން ފާނަބަސަންތު ކަމަށް ބަލާ އެލާޖިކް ވެފައިވާ މީހަކަށް ކަމާ ނުގުޅޭ ބޭސްދީ. ފަރުވާ އަށް މާލެ ނުގެނެވި ލަސްވީ ވެސް ނުބައިބައްޔެއް ކަމަށް ނިންމީމާ.