India in Rajje alhuvethikurumuge maslahatheh nei: Raees Nasheed
image
1 ކޮމެންޓް
 

އިންޑިއާއިން ރާއްޖެ އަޅުވެތިކުރުމުގެ މަސްލަހަތެއް ނެތް: ރައީސް ނަޝީދު

އިންޑިއާއިން ރާއްޖެ އަޅުވެތި ކުރުމަށް އެއްވެސް އިރެއްގައި މަސައްކަތް ކޮށްފައި ނުވަނީ އިންޑިއާގެ މަސްލަހަތެއް އެކަމުގައި ނެތުމުން ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އިންޑިއާއަށް ކުރައްވާ ތިން ދުވަހުގެ ދަތުރުފުޅެއް ފައްޓަވަމުން ރައީސް ނަޝީދު ވިދާޅުވީ ވޭތުވެދިޔަ އިންޑިއާގެ ދިގު ތާރީހުގައި ދުވަހަކުވެސް ރާއްޖެ އިންޑިއާގެ އަޅުވެތިކަމުގެ ދަށަށް ގެންދިއުމަށް މަސައްކަތް ކޮށްފައި ނުވަނީ އިންޑިއާގެ މައި ސަރުކާރުގެ މަސްލަހަތުގައި ނެތް ކަމަކަށް ވާތީ ކަމަށެވެ.

"ދިވެހި ރާއްޖޭގެ މިނިވަންކަން، ރާއްޖޭގެ އިސްތިގްލާލަށް ކުޑަވެސް އުނިކަމެއް އަންނަ އެއްވެސް ކަމެއް ކުރުމަށް އިންޑިއާ އުޅެފައި ނުވަނީ ހަގީގަތުގައި އެބާވަތުގެ ސިޔާސަތަކަށް އެބޭފުޅުން މަގުފަހިކުރުން އެއީ އެބޭފުޅުންގެ އަމިއްލަ މަސްލަހަތުގައި ނެތް ކަމަކަށް ވާތީ" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ދުނިޔޭގެ ފަހުގެ ޑިމޮކްރާސީގައި އެއްވެސް ބައެއްގެ މިނިވަންކަން ނަގާލުމަކީ އަނެއް ބައެއްގެ މަސްލަހަތުގައި އޮތް ކަމެއް ނޫން ކަމަށެވެ. ރައީސް ނަޝީދު ވިދާލުވީ އިންޑިއާ ކަނޑުގައި ހިންގާ ވިޔަފާރީގެ ހަރަކާތްތަކުގެ 80 އިންސައްތަ ހަރަކާތް ހިންގަނީ ރާއްޖެ ސަރަހައްދުގެ ތެރެއިން ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން މަސައްކަތް ކުރަމުންދަނީ ރާއްޖެއާއި ރާއްޖެ ސަރަހައްދުގައިވާ ގައުމުތަކުގެ މަސްލަހަތާއި މިނިވަންކަން ހިމާޔަތް ކުރުމަށް ކަމަށެވެ. ރައީސް ނަޝީދު ފާހަގަ ކުރެއްވީ ރާއްޖޭގެ މަސްލަހަތު އެންމެ ބޮޑަށް ގުޅިފައި އޮތީވެސް އިންޑިއާއާ އެކު ކަމަށެވެ.
ހިޔާލު

ނޫސް ކިޔާމީހާ

ޤަބޫލު ނުކުރެވޭ ތިޔަދެއްކެވި ވާހަކަފުޅު. ދިވެހީން ދިރިއުޅޭ ރަށްތަކުގަ އެޒަމާނުގަ ލަފާފުރޭނެ ގޮތެއްނެތި، ބަދަރެއްނެތް ޒަމާނުގަ އަދި ވައިގެތެރޭގަ އުދުހޭނެ ކައްޕިތާނުން ނެތްއިރު ތިޔަހެލިކެޕްޓަރުތައްކޮބާ؟. ދިވެހި ޤައުމު ތަރަށްގީ އަށްމެކުހަށްޖެހިއިރު ތިޔަ އިންޑިޔާ ކަންތައްކުރީ ކިހިނެއް.