Raees Maumoonuge beysfaruvaa ah ihumaaluvumun dhauvaa kuranee
image
ރައީސް މައުމޫން: އެމަނިކުފާނު އަށް މަސް ދުވަހު ޖަލުގައި ހުންނެވި.-- ފައިލް ފޮޓޯ
3 ކޮމެންޓް
 

ރައީސް މައުމޫނުގެ ބޭސްފަރުވާ އަށް އިހުމާލުވުމުން ދައުވާ ކުރަނީ

ރައީސް މައުމޫން އަބްދުލް ގައްޔޫމް ޖަލުގައި ހުންނެވި ދުވަސްވަރު އެމަނިކުފާނުގެ ބޭސްފަރުވާގެ ކަންކަމަށް އިހުމާލުވެފައިވާތީ، އެ މައްސަލާގައި ދައުވާ ކޮށްދިނުމަށް އެދި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އިން ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ)އަށް ފޮނުވަން ތައްޔާރުވެއްޖެ އެވެ. leaward
ރައީސް މައުމޫނު ޖަލުގައި ހުންނެވި ދުވަސްވަރު އެމަނިކުފާނުގެ ފަރާތުން އެޗްއާރުސީއެމަށް ހުށަހެޅި މައްސަލަ ނިންމައި ދައުވާކުރަން ފޮނުވަން ތައްޔާރުވި ނަމަވެސް، އެ މައްސަލަ ޕީޖީ އަށް ފޮނުވާނެ ވަކި ތާރީހެއް އެޗްއާރުސީއެމުން ހާމައެއް ނުކުރެ އެވެ. އަދި އެ މައްސަލާގައި ދައުވާ ކުރަން ފޮނުވަން ނިންމީ ކޮން ބައެއްގެ މައްޗަށް ކަމެއް ވެސް ހާމައެއް ނުކުރެ އެވެ.

އަށް މަސް ދުވަހު ރައީސް މައުމޫނު ޖަލު ބަންދުގައި ހުންނެވި އިރު، އެ ދުވަސްކޮޅު އެމަނިކުފާނުގެ ސިއްހީ ހާލުކޮޅު ވަރަށް ބޮޑަށް ގޯސްވި އެވެ. ނަމަވެސް އޭރު ތަކުރާރުކޮށް އެ މައްސަލަ އެޗްއާރުސީއެމަށް ހުށަހެޅި ނަމަވެސް، އެދެވޭގޮތަށް އެކަން ބަލާފައި ނުވާ ކަމަށް ތުހުމަތު ކުރެވުނެވެ.

އެޗްއާރުސީއެމުން އެ މައްސަލަ އާއި އެފަދަ އެހެން މައްސަލަތައް ވެސް ބަލައި ފިޔަވަޅު އަޅަންފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީނު ރިޔާސީ އިންތިހާބުން ބާކާމިޔާބުވެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވުމަށް ފަހު އެވެ.

އެގޮތުން ރައީސް މައުމޫނުގެ ބޭސްފަރުވަ އަށް އިހުމާލުވުމުގެ މައްސަލާގައި ދައުވާކުރަން ފޮނުވި އިރު، މީގެ ކުރިން ވަނީ ޖަލުގައި ގައިދީއަކު މަރުވި މައްސަލާގައި ވެސް ދައުވާ ކުރަން ފޮނުވާފަ އެވެ. ނަމަވެސް އެއީ ކޮން ގައިދީއެއްގެ މަރުގެ މައްސަލައެއް ކަމެއް އަދި އެ މައްސަލާގައި ދައުވާ ކުރަނީ ކޮން ބަޔަކާ ދެކޮޅަށް ކަމެއް ވެސް އެޗްއާރުސީއެމުން ހާމައެއް ނުކުރެ އެވެ.

އެޗްއާރުސީއެމުން ރައީސް މައުމޫނުގެ ބޭސްފަރުވަ އަށް އިހުމާލުވީ މައްސަލާގައި ދައުވާކުރަން ފޮނުވި އިރު، އެމަނިކުފާނު ވެސް ވަނީ ނުހައްގުން އަނިޔާދިން މީހުން ޖަވާބުދާރީ ކުރުވަން މަސައްކަތްޕުޅު ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
ހިޔާލު

އަހުމަދު

މިހާރު އެޗްއާރުސީއެމުން ނަމެއްގައި ކަންކަންކުރާކަން ދެައްކަން މި އުޅުއްވަނީ ކީއްކުރަންތޯއެވެ. ؟ ތިއީ މީގެ ކުރިން ނަމެއްގައި ތިބި ބައެއްވިއްޔަ.

ޖަޒީރާ

ޖަލު ގެ ވެރިން ޒިންމާ ނަންގަވަން ޖެހޭނެ.

ސޯކާބެ

ރައީސް މައުމޫން އަބްދުލްގައްޔޫމް ވެރިކަމުގައި ހުންނެވި ދުވަސްވަރު މާލޭގެ ރަށްޔތުންލަށްވާ މާލޭގެ ބިންހިއްކަން މަސަތްކަތްކުރުވާފައި ބިސްމިނުގެބަރަކާތުން މާލޭގެ ނިކަމެތިރަށްޔަތުންނަށޭވިދާޅުވެފާ ބިންހިއްކާފައި ހަމައެކަނި މާލޭގެ ރަށްޔަތުންނަށް ބިންވިއްކަންފެއްޓީ ރަށްރަށުގެ މީހުންނަށް ހިލޭބިންދޫކޮއް މާލޭގެ ރަށްޔަތުންނަށް އިހުމާލުވި މައްސަލަކަމާ ބެހޭ ފަރާތްތަކުން ދައުވާކޮށްދެއްވަންވާނެ (މާލޭގެރަށްޔަތުންނަށް މިއަދުގެޒުވާނުން މަގުމަތިވީމިހެންވެގެން) ވިސަނާލައްވާ