Foreign Minister Shaahid Saudi ah
image
މިނިސްޓާ ޝާހިދު އަދި ޝައުނާ ސައުދީ އަށް ވަޑައިގެންނެވުމަށް އެއާޕޯޓުގައި.-- ފޮޓޯ: ފޮރިން މިނިސްޓްރީ
0 ކޮމެންޓް
 

ފޮރިން މިނިސްޓަރު ޝާހިދު ސައުދީ އަށް

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރަސްމީ ދަތުރެއްގައި މިއަދު ސައުދީ އަރަބިއްޔާ އަށް ފުރާވަޑައިގެންފި އެވެ. dhi2
މިނިސްޓަރުގެ ދަތުރުގައި ސައުދީގެ ފޮރިން މިނިސްޓަރު ޑރ. އިބްރާހިމް ބިން އަބްދުލްއަޒީޒް އަލްއައްސަފް އާއި އެ ގައުމުގެ ސަރުކާރުގެ އިސްވެރިންނާއި ބައްދަލު ކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

އޭގެ އިތުރުން ދެ ގައުމުގެ ގުޅުންތައް އިތުރަށް ހަރުދަނާ ކުރެއްވުމަށް މަޝްވަރާ ކުރުމާއި، ރާއްޖޭގެ ތަރައްގީ އަށް ސައުދީން ދެވެންހުރި އެހީތަކާއި ގުޅޭގޮތުން މަޝްވަރާ ކުރަން ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.

މިނިސްޓަރާއި އެކު ސައުދީ އަށް ވަޑައިގެންނެވި ޑެލިގޭޝަނުގައި ހިމެނެނީ ރައީސް އޮފީހުގެ ޕޮލިސީ ސެކެޓްރީ އާމިނަތު ޝައުނާ އާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެޑިޝަނަލް ސެކެޓްރީ އަހުމަދު ޝިއާންގެ އިތުރުން ހާރިޖީ ވުޒާރާގެ ބައެއް އިސް ވެރިންނެވެ.

މިއީ ފޮރިން މިނިސްޓަރުކަމާ ޝާހިދު ހަވާލުވުމަށް ފަހު އެ ގައުމަށް ކުރައްވާ ފުރަތަމަ ދަތުރެވެ. މިއަދު ސައުދީ އަށް ފުރި އިރު، އެނބުރި ރާއްޖެ އަށް ވަޑައިގަންނަވާނެ ދުވަހެއް މިނިސްޓްރީން ހާމައެއް ނުކުރެ އެވެ.
ހިޔާލު