Kartik hayaathugai Loabiverin dhuvas faahafa kuraane haassa anhen kujjaku neh
image
ކާތިކް އާރިޔަން---
0 ކޮމެންޓް
 

ކާތިކް ހަޔާތުގައި ލޯބިވެރިންގެ ދުވަސް ފާހަގަ ކުރާނެ ހާއްސަ އަންހެން ކުއްޖަކު ނެތް

ބޮލީވުޑުގައި ކުރިއަރަމުން އަންނަ ތަރި ކާތިކް އާރިޔަން ލޯބިވެރިންގެ ދުވަސް ފާހަގަ ކުރާނެ ހާއްސަ އަންހެން ކުއްޖަކު ނެތް ކަމަށް އޭނާ ބުނެފިއެވެ.
ކާތިކް އެހެން ބުނެފައިވަނީ ލޯބިވެރިން ދުވަހާ ގުޅިގެން އޭނާއަށް ކުރި ސުވާލަކާ ގުޅިގެންނެވެ. އެގޮތުން ކާތިކް ބުނީ އޭނާ ލޯބިވެރިންގެ ދުވަސް ފާހަގަ ކުރާނީ އޭނާގެ މަންމަ މަލާ ތިވާރީ އާއެކު ކަމަށެވެ. އަދި މިފަހަރު އެއްވެސް ޕާޓީއަކަށް ނުދާނެ ކަމަށާއި އޭނާގެ ހަޔާތުގައި އޭނާއާ އެކު އެދުވަސް ފާހަގަ ކުރާނެ ހާއްސަ މީހަކު ނެތް ކަމަށް ކާތިކް ވަނީ ބުނެފައެވެ.

"ޕިޔާރުކާ ޕަންޗުނާމާ" އިން ބޮލީވުޑަށް ތައާރަފުވި ކާތިކްއަށް އެންމެ ބޮޑު ކާމިޔާބެއް ލިބިފައިވަނީ ލަވް ރަންޖަން ޑައިރެކްޓުކޮށް ނެރެފައިވާ ފިލްމު "ސޯނޫ ކޭ ޓީޓޫ ކީ ސްވީޓީ" އިންނެވެ. އޭނާ ދެން ފެނިގެންދާނީ ލަކްޝްމަން އުތޭކަރް ޑައިރެކްޓު ކުރާ ފިލްމު "ލުއްކާ ޗުޕީ" އިންނެވެ.

އެފިލްމުގައި ކާތިކް ފެނިގެންދާނީ މަތޫރާގެ ލޯކަލް ޗެނަލްއެއްގެ ރިޕޯޓަރެއްގެ ރޯލުން ފެނިގެންދާއިރު އެފިލްމު ނެރުމަށް ހަމަޖެހިފައިވަނީ މާޗް މަހުގެ އެއް ވަނަ ދުވަހުއެވެ. އޭގެ އިތުރުން ބުޝަން ކުމާރާއި ޖޫނޯ ޗޯޕްޅާ ޕްރޮޑިއުސްކުރާ ކުރީގެ ހިންދީ ފިލްމު "ޕަތީ ޕަތުނީ އޯރް ވޯ" ގެ ރިމޭކްގައި ވެސް ކާތިކް ފެނިގެންދާނެއެވެ.
ހިޔާލު