Suraj ge dharifulhu dhahkaalaifi
image
އަނަސް އޭނާގެ ދަރިފުޅާއެކު---
0 ކޮމެންޓް
 

ސޫރަޖްގެ ދަރިފުޅު ދައްކާލައިފި

ސްޓާ ޕްލަސްއިން ދެއްކި މަޝްހޫރު ޝޯ، "ދިޔާ އޯރް ބާތީ ހަމް"ގައި ސޫރަޖުގެ ރޯލުން ގިނަ ބައެއްގެ މަގްބޫލުކަން ހޯދި އަނަސް ރާޝިދުގެ އޭނާގެ ދަރިފުޅުގެ ފޮޓޯއެއް ދައްކާލައިފިއެވެ.
އިންސްޓަގުރާމު މެދުވެރިކޮށް ދަރިފުޅުގެ ފޮޓޯއެއް ދައްކާލާފައިވާއިރު ސޫރަޖް ވަނީ ދަރިފުޅު ގެއަށް ގެންދަނީ ކަމަށް ބުނެފައެވެ. މިދިޔަ ހޯމަ ދުވަހު އެނާއަށް އަންހެން ކުއްޖަކު ލިބުނުކަން އިންސްޓަގްރާމު މެދުވެރިކޮށް ހާމަކޮށްފައިވާއިރު އެކުއްޖާއަށް ކިޔާފައިވަނީ "އާޔަތު" އެވެ.

View this post on Instagram

Home coming of my daughter Aayat,,,😍😍

A post shared by Anas Rashid (@anasrashidactor) on


އުމުރުން 38 އަހަރުގެ ސޫރަޖު 2017 ވަނަ އަހަރު ކައިވެނިކޮށްފައިވަނީ ހީނާ އިގްބާލު ކިޔާ ފިލްމީ ދާއިރާއަށް ނިސްބަތް ނުވާ ފަރާތަކާއެވެ. ސޫރަޖަށް ވުރެ 14 އަހަރު ހީނާ ހަގެވެ. އެ ކައިވެންޏަކީ ދެ ފަރާތުގެ އާއިލާއިން ބޭނުންވެގެން ކުރުވި ކައިވެންޏެކެވެ.

ކައިވެންޏަށް ފަހު ސޫރަޖު ވަނީ ފިލްމީ ދާއިރާގެ މަސައްކަތުން މުޅިން ހެން ގެއްލިފައެވެ. 2016 ވަނަ އަހަރުގެ ފަހުކޮޅު ދިޔާއޯރް ބާތީ ހަމް ޝޯ ނިންމާލިއިރު އޭގެ ފަހުން އެއްވެސް ޝޯއަކުން ސޫރަޖު ފެނިފައެއް ނުވެއެވެ.

ސޫރަޖް ފިލްމީ ދާއިރާއަށް ނިކުމެފައި ވަނީ ކަހީން ތޯ ހޯގާއިންނެވެ. ފިލްމީ ދާއިރާގައި މާގިނަ ދުވަސްތަކެއް ނުވެ އޭނާ ވަނީ އެ ދާއިރާގެ ކުޅަދާނަ ތަރިންނާއި ފައިހަމަކޮށްފައެވެ.
ހިޔާލު