Suhana ge hayaathugai enmme muhimmu meehaki eyna ge bappa
image
ސުހާނާ އާއި ޝާހު---
0 ކޮމެންޓް
 

ސުހާނާގެ ހަޔާތުގައި އެންމެ މުހިންމު މީހަކީ އޭނާގެ ބައްޕަ

ބޮލީވުޑްގެ ކާމިޔާބު އެކްޓަރު ޝާހު ރުކް ހާނުގެ ހުރި ހަމައެކަނި އަންހެން ދަރިފުޅު، ސުހާނާ ހާނުގެ ހަޔާތުގައި އެންމެ މުހިންމު މީހަކީ އޭނާގެ ބައްޕަ ކަމަށް ބުނެފިއެވެ.
މިދިޔަ ހުކުރު ދުވަހު ސުހާނާ ވަނީ އިންސްޓަގުރާމު މެދުވެރިކޮށް އޭނާގެ ސަޕޯޓަރުންނަށް "އާސްކް މީ" ގެ ހަރަކާތެއް ހިންގާފައެވެ. ގިނަ ސުވާލުތަކެއް ސުހާނާއަށް އޭނާގެ ސަޕޯޯޓަރުން ކޮށްފައިވާއިރު އޭގެ ތެރެއިން އެއް ސުވާލަކީ އޭނާގެ ހަޔާތުގައި އެންމެ މުހިންމީ ކާކު ތޯ އެވެ.

އެސުވާލުގެ ޖަވާބަށް ސުހާނާ ދިނީ "ޕާޕާ" (ބައްޕަ) އެވެ. ސުހާނާ ވަނީ އެޖަވާބާއެކު އޭނާގެ ބައްޕަ ޝާހު އާއެކު ނަގާފައި ވާ ފޮޓޯ އެއް ވެސް ހިއްސާކޮށްފައެވެ.



އެސުވާލުގެ އިތުރުން އޭނާއަށް ވަނީ ޑޭޓުކުރަން ބޭނުންވަނީ ކާކާ ތޯ ސުވާލުކޮށްފައެވެ. އެސުވާލުގެ ޖަވާބަކަށް ސުހާނާ ވަނީ ސައުތު ކޮރެއާގެ ލަވަކިޔުންތެރިޔާ ކިމް ޖުން-މިއަން ކަމަށް ބުނެފައެވެ.

ސުހާނާ ވަނީ މަޝްހޫރު މެގަޒިން ވޮގް އިންޑިއާގެ ކަވާ އިން ފެނިފައެވެ. އަދި ދާދި ފަހުން އޭނާ ވަނީ ކޮލެޖުގެ ކުރު ފިލްމެއް ކުޅެފައެވެ. ޝާހު ބުނިގޮތުގައި ސުހާނާ ބޭނުންވަނީ އެކްޓު ކުރަން ކަމަށާއި ދެތިން އަހަރު ތެރޭ ރަނގަޅު އެކްޓަރަކަށް އޭނާ ވާނެ އެވެ.
ހިޔާލު